އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަކަށް މުހައްމަދު މިހާދު އައްޔަން ކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މިހާދު އެ ކުންފުނީގެ ޗެއާ އަކަށް އައްޔަން ކޮށްފައި ވަނީ މިއަދު އެވެ. މިހާދު އަކީ މީގެ ކުރިންވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެމްބަރު ކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މިހާދު ފުރުއްވި އެހެން މަގާމުތަކުގެ ތެރޭގައި 2008 އިން 2012 އަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު މުއްދަތުގައި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ހިމެނެ އެވެ.

2021 ވަނަ އަހަރު އެ ކުންފުނީގެ އެމްޑީއަކަށް މިހާދު އައްޔަން ކުރެއްވީ ނިމިދިޔަ ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޒްވީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.