އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ކުރިން ހެއްދެވި ސާޖަރީއަކާ ގުޅިގެން އިތުރު ފަރުވާ ހޯއްދަވަން ޖެހިވަޑައިގެން ހޮސްޕިޓަލުގައި އޮންނަވާތާ ހަފްތާއެއް ވީއިރުވެސް ވައިޓްހައުސްއަކަށް ނޭނގެއެވެ.

އެމެރިކާގެ ހަބަރުފަތުރާ އިދާރާތަކަށް މިކަން ރެއަކާލައިގެން ސުވާލު ކުރުމުން އޮސްޓިން ވިދާޅުވީ, އޭނާގެ ސިއްހީ ކަންކަމަކީ ހާމަކުރުމާއި ނުކުރުން އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ނަމަވެސް ޒިންމާދާރު ކަމާއެކު މައުލޫމާތު ހާމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެއަށް ވުރެ ޒިންމާދާރުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އޮސްޓިން ނެތި, ދިފާއީ ކަންކަން ބެލެހެއްޓެވީ އޭނާގެ ޑެޕިއުޓީ ކަމަށް ހަބަރުތައް ބުނާ އިރު, މިވަގުތަކީ އެމެރިކާގެ ފުރިހަމަ ބައިވެރިވުން އޮވެގެން އިޒްރޭލުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ވަގުތެއް ކަމުން އެ މުއްދަތުގައި އޭނާ އަދާކުރެއްވި ދައުރެއް ސާފެއް ނުވެއެވެ. ހަމަ އެހެންމެ އެމެރިކާއިން މަދަދުދޭ ޔޫކްރައިން ހަނގުރާމަވެސް ބާރަށް ހިނގަމުން ދާ އިރު އެކަމުގައިވެސް އަމަލު ކުރި ގޮތެއް ނޭނގެއެވެ.

އޮސްޓިން ނެތި ކަންކަކް ދިޔަގޮތާ މެދު ނޫސްވެރިން ސުވާލު އުފައްދަމުން ދާ އިރު, އާލާސްކަންފުޅު ހުރި ގޮތުން އޮސްޓިންއަށް މިހާރު އަދާކުރެއްވެނީ ކޮންޒިންމާތަކެއްތޯ އޮޅުން ނުފިލާކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އޮސްޓިން ނެތި ވީ މުއްދަތުގައި ވައިޓް ހައުސްއަށް އެކަން ނޭނގި އޮތް ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ, އޭނާގެ ފުރިހަމަ އިތުބާރު އޮސްޓިން އަށް އޮތް ކަމަށާއި އުއްމީދު ކުރައްވަނީ ވީހާ އަވަހަކަށް އެނބުރި ވައިޓްހައުސް އަށް އޭނާ ވަޑައިގަތުމަށް ކަމަށެވެ.

ބައެއް ހަބަރުތައް ބުނާގޮތުން އޮސްޓިން ވަނީ އިއްޔެގެ ވަގުތެއްގައި އަނބުރާ ހިދުމަތަށް [ވައިޓްހައުސް] އަށް ވަޑައިގެންފައެވެ.