ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މިފެށޭ ރޯދަ މަހުގެ ކުރިން ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވާ އެތަން ޒީނަތްތެރިކޮށް ނިންމުމަށް ސްޓެލްކޯއިން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ، ގައުމީ ތަރިކައަށާއި، ގައުމިއްޔަތަށް، ވަރަށް ލޯބިކުރައްވާ، މިފަދަ އާޘާރުތަށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ބޭފުޅެއް ކަމަށް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ އެންމެ ރީތި އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި 1658 ވަނަ އަހަރުގައެވެ. އަދި މިސްކިތް އިމާރާތް ކުރުމަށް ބޭނުން ކުރެވުނީ ހިރިގަލެވެ.

އަދި މަސައްކަތުގެ މާހިރުން ވަނީ ސިމެންތި ނުވަތަ މޯޓާ އަދި ލައިމް ފަދަ އެއްވެސް އެއްޗެއް ބޭނުން ކުރުމެއް ނެތި، ހިރިގަލުގައި ބިންވަޅުނަގައި، އެއްގާ އަނެއްގަލާއި ގުޅުވައިގެން އިމާރާތްކޮށްފައެވެ. އަދި ހިރިގަލުގެ މަސައްކަތާއި ލަކުޑީގެ މަސައްކަތް ރީތި ޑިޒައިންތަކުން ލާމެހިފައެވެ. 2008 ވަނަ އަހަރު މި މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެ