ގޭބަސީތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަލުން ބަލުން ފަށަން ޖެހިފައި ވާ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، ސްމާޓް މީޓަރު ޕްރޮޖެކްޓެއް ކުރިން ހިންގި ކަމަށާއި ނަމަވެސް އެއްވެސް ގެއެއްގައި ސްމާޓް މީޓަރު ހަރުކުރެވިފައި ނުވާ ކަމަށެވެ.

އެ ޕްރޮޖެކްޓު ކުރިއަށް ނުދިޔަ ސަބަބާ ބެހޭގޮތުން އޭނާ ވިދާޅުވީ، އެކަން ކުރިއަށް ނުދިޔައީ ކީއްވެތޯ ބަލަންޖެހިފައި ވާ ކަމަށެވެ.

މީޓަރު ހަރުކުރިނަމަ ހުރިހާ ގެއެއްގަައި ހުންނާނީ ހަރުކޮށް ނިމިފައި، ކުރީގައި ހިންގި ޕްރޮޖެކްޓު ކުރިއަކަށް ނުދިޔަ، އެޕްރޮޖެކްޓެއް ސަކްސެސްއެއް ނުވި، ސަކްސެސްނުވީ ކީއްވެތޯ ބަލަން އަޅުގަނޑުމެން ޖެހޭނީ ހޯދަން،
ފަހުމީ

ފަހުމީ ވިދާޅުވީ، ސްމާޓް މީޓަރު ހަރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އޭގެ ސަބަބުން ކަރަންޓް އިގުތިސޯދު ކުރުމަށް ކަސްޓަމަރުންނަށް އެނގޭނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ބިލަށް ލުއިވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް ހިންގަން ޖެހޭނީ އެ ކެޕޭސިޓީ ހުރި ބަޔަކާއެކު ކަމަށާއި އޭގެ ފައިދާ ކުރާނީ އޭރުން ކަމަށެވެ.

އެންމެ ބޮޑު ފައިދާ އަކީ މިހާރު އަޅުގަނޑުމެން ބިލިން ސިސްޓަމުން ބިލް ކުރާއިރު 20 ދުވަސް ފަހުން ބިލު މި ލިބެނީ، އަޅުގަނޑުމެންނަށް ރިއަލް ޓައިމްގައި ރީޑިން މޯބައިލްއަށް ފެންނަ ގޮތް ހެދިއްޖެނަމަ ކޮންޒިއުމަރުންނަށް ކަރަންޓު އިގްތިސާދުކުރަން ފަސޭހަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ
ފަހުމީ

ފަހުމީ ވިދާޅުވީ، ސްމާޓް ސިސްޓަމަކީ ރަނގަޅު ސިސްޓަމެއް ކަމަށާއި އޭގެ ސަބަބުން ކުންފުންޏަށް ވެސް ފައިދާތަކެއް ހުރި ކަމަށެވެ. އެގޮތުން. އޮފްޕީކް ގަޑީގައި ވަކި ރޭޓެއް، ޕީކް ގަޑީގައި ވަކި ރޭޓެއް ކަނޑައެޅޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ މިހެން ވިދާޅުވެފައި ވާއިރު ސްޓެލްކޯގެ ކުރީގެ އެމްޑީ އަހްމަދު ޝަރީފު ވެސް ވަނީ ސްޓެލްކޯއިން މިއަހަރު ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

ގޭބިސީތަކުގައި ހަރުކުރާ ސްމާޓް މީޓަރު ބޭނުން ކޮށްގެން ކޮންމެ ކަސްޓަމަރަކަށް އެ ކަސްޓަމަރެއްގެ ގޭގަައި ކޮންމެ ދުވަހަކު ބޭނުން ކުރާ ކަރަންޓުގެ މިންވަރު އަދި ކޮންމެ މަހެއްގައި ކަަރަންޓު ބޭނުން ކުރެވޭ މިންވަރު އެނގިގެންދާނެއެވެ. އެއް މަހުން އަނެއް މަހަށް މައްޗަށްދާ ނުވަތަ ދަށަށްދާ މިންވަރު އެ މީޓަރު ބޭނުންކޮށްގެން ބެލުމުގެ އިތުރުން އެހެން އަހަރުތަކުގައި އެ މަހަހެއްގައި ކަރަންޓު ބޭނުން ކޮށްފައިވާ މިންވަރު ވެސް އެނގޭނެ އިންރިޒާމު އޭގެ ތެރެއިން ފަހިވެގެން ދާނެއެވެ.

ސްމާޓް މީޓަރުން އާންމު ފަރާތްތަކަށް ލިބޭނެ ފައިދާ ތަކުގެ ތެރޭގައި ސްމާޓް މީޓަރު ހަރުކުރުމުން ރީޑިން ރިއަލް ޓައިމްކޮށް އޮޓޮމޭޓް ވެގެން ދިއުމާއި ހިއުމަން އެރާ (އިންސާނުންނަށް ހެދޭ ގޯސް) އެރުން ނިމުމަކަށް އަންނާނެއެވެ. އަދި މި ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ބޭނުންވެއްޖެ ނަމަ އެޕްލިކޭޝަން މެދުވެރިކޮށް އެ ދުވަހެއްގެ ރީޑިން ބަލާލެވޭއިރު އަދި ސިސްޓަމް އިން ބިލް ދައްކާ އިރު ތިމާގެ ބިލަށް އެރި ޔުނިޓްގެ އަދަދު ދެނެގަތުމަށް ވެސް މަގުފަހިވާނެއެވެ.