ދިވެހި ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައި ޕްލެޓްފޯމް ބައިސްކޯފު އިން އެކްޓަރުން ހޯދަން އިއުލާންކޮށްފިއެވެ.

ސްޓްރީމިން ޕްލެޓްފޯމް ބައިސްކޯފުން ގެނެސްދޭ ކޮމެޑީ ސީރީޒް "އޮފީސް ލޯބި" ގެ ދެވަނަ ސީޒަނަށް ކާސްޓުން ހޯދަން އިއުލާންކޮށްފައިވާއިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7744799 ނަންބަރަށް އެސްއެމްއެސް އެއް ކުރުމަށް ބައިސްކޯފުން ވަނީ އެދިފައެވެ. ފިލްމީ ދާއިރާ އަށް ޝައުގުވެރިވެ، ފުރުސަތެއް ނުލިބި ހުރި މީހުންނަށް ބައިސްކޯފުން މި ހުޅުވާލި ފުރުސަތަކީ ރަނުގެ ފުރުސަތެކެވެ. އެ ޕްލެޓްފޯމް އިން ވަނީ ފިލްމީ ދާއިރާ އަށް ގިނަ އާ މޫނުތަކެއް ނެރެފައެވެ.

"އޮފީސް ލޯބި" އަކީ އޮފީހެއްގެ ތެރޭގައި ރަހުމަތްތެރިންތަކެއްގެ މެދުގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ސީރީޒެކެވެ. ސީރީޒްގެ ފުރަތަމަ ސީޒަން މިހާރު ބައިސްކޯފުން ބަލާލެވޭނެއިރު އެ ސީޒަންގައި ޖުމްލަ 10 އެޕިސޯޑު ހިމެނޭނެއެވެ. މި ޑްރާމާ ލިޔެ ޑައިރެކްޓުކޮށްފައިވަނީ އަމީނާ މުޙައްމަދު (އަމީ)އެވެ.

މިދިޔަ އަހަރު މި ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް ގެނެސްދިން އިރު މި ސީރީޒްގެ ކާސްޓުންނަކީ އާމިނަތު ޝުހާ، މަރިޔަމް ވަހީދާ، އިބްރާހިމް ސާލިމް އިސްމާއިލް، މުހައްމަދު އަފްރާހް، މުހައްމަދު ޝިވާޒް، އަހުމަދު ޖިލިއަން ރަޝާދު، ރަފްހާން ޝަރީފު، ރޫބީ ފަޒަލް އަދި ދީނާ އަހުމަދެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން އަކީ ބެލުންތެރިންގެ މެދުގައި ބޮޑު ހިޓެއްވެސް މެއެވެ.