އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށްފަހު ވެސް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ވަޒީފާގައި ހުންނެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ސާޖިދާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމު ކަމަށްވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާއިން ކިޔަވާ ވިދާޅުވެ ހުންނެވީ ހަމައެކަނި ސާޖިދާއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެން ނަމަވެސް އެ ވަޒީފާގައި ހުންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ސާޖިދާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ސާޖިދާ ވަނީ އެ ވަޒީފާގައި ދެމިހުންނެވުމުގެ ހުއްދައަކަށް ސީއެސްސީގައި އެދިވަޑައިގަންނަވާފައެވެ.
އެކަމާ ގުޅިގެން ސީއެސްސީއިން ނިންމާފައި ވަނީ ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމަކަށް ނުވާތީ މިހާރު ވެސް ސާޖިދާ އަދާކުރައްވަމުން އަންނަ މަގާމުގައި ދެމިހުންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމުގައެވެ. އެގޮތުން ސީއެސްސީއިން ބުނެފައިވަނީ ރައީސްގެ އަނބިކަނބަލުން ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
މީގެ ކުރީގެ އެއްވެސް ރައީސްއެއްގެ އަނބިކަނބަލަކު ވެރިކަމުގެ ދައުރުގައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރައްވާފައެއް ނުވެއެވެ. އަދި ބައެއް ފަސްޓް ލޭޑީއިން އިޖުތިމާއީ ގިނަ ހިދުމަތްތަކުން ފެނިގެންގޮސްފައިވާއިރު އިޖުތިމާއީ ހިދުމަތްތަކުގައި އުޅުއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ސާޖިދާވެސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މުސާރައަކީ މަހަކަ 100،000 ރުފިޔާ ކަމަށްވާއިރު ރައީސް އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހެއެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސް މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.
ވަޒީފާގައި ހުންނެވިދާނެ،، އެކަމަކު އެކަމުގައި ކުރީގެ ރައީސް ނާޞިރު ކަންތައް ކުރެއްވީ ރަނގަޅަށް.
މިއީ ފިސާރިކަނބަލަކައްވނެކަމައް އަޅުގަނޑު އުންމީދުކުރަނީ އެހެނީ ކުރިޔަށްއޮތްދުވަސްތަކައް އެކަމަނާއެދަނީތައްޔާރުވަމުން ކުރިޔަށްއޮތީއަދާކުރަމުންގެންދިޔަ މަގާމު ތަކުގެ އިތުރުން ފަސްޓްލޭޑީ އެއްގެމަގާމު އަދާކުރުން އެއީ ޒިއްމާދާރު 4 ވަޒީފާ އަދާކުރުން 1 އަތްންބެއް 2 މަންމައެއް 3 ޒިންމާދާރު ވަޒީފާއެއް 4 ފުރަހަމަ ފަސްޓްލޭޑީއަކައްވުން. ވާނެ.