އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްގެން ހާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަން މިއަދު އިއުލާން ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖް ކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު ވެސް މި ޕްރޮމޯޝަން އިން ވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31ގެ ނިޔަލަށެވެ. އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފްތާ އެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވާނެ ކަމަށް އުރީދޫން ބުނެއެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާޖް ކުރާ ފަރާތްތައް ވެސް މި ޕްރޮމޯޝަންގައި ހިމެނޭނެއެވެ.

އެގޮތުން ރީޗާޖް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް "ވީކްލީ ވިނާ" ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު - މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަން ގެލެކްސީ ވޮޗް 5، ސެމްސަން ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް ލިބިގެން ދާނެއެވެ.

އުރީދޫ އެޕް ވަނީ ދާދި ފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް، ގިނަ ހިދުމަތްތަކެއް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްފައެވެ.