ގައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ގުރުބާންކޮށް ޝަހީދުވެދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ގައުމީ ވާޖިބެއް ކަމަށް އިންތިހާބީ ނައިބް ރައީސް އަދި ފަރެސްމާތޮޑާ ދައިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް(ސެންބެ) ވިދާޅުވެއްޖެއެވެ.
ސެންބެ މިގޮތަށް ވިދާޅުވީ ނަސްރުގެ ދުވަހު ގެނެސްދިން ޓީވީ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މުނާސަބާ އާ ގުޅިގެން ސެންބެ އިތުރަށް ވިދާޅުވީ ނަސްރުގެ ދުވަހާއި، ޝަހީދުންގެ ދުވަހާއި، ގައުމީ ދުވަސްފަދަ ދުވަސްތަކަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ހަމައިން ފެށިގެން މުޅި ސަރުކާރާއި ރައްޔިތުންގެ އެކަމުގައި ޝާމިލުވާ ގޮތަށް ފާހަގަކުރަންޖެހޭ ދުވަސްތަކެއް ކަމަށެވެ.
އަދި ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެފަދަ ދުވަސްތައް ފާހަގަކޮށް ޒިކުރާ އާ ކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެދުވަހު ގައުމަށްޓަކައި އަބުތާލުންތަކެއް ފުރާނަ ގުރުބާން ވެގެންދިޔަ ކަން ފާހަގަ ކުރައްވާ ސެންބެ ވިދާޅުވީ އެ އަބްތޯލުންގެ ޒިކުރާ ފަނޑު ނުވާނޭހެން ފާހަގަ ކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުންވެސް ސެންބެ ވިދާޅުވީ މިފަދަ ދުވަސްތައް ފާހަގަ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަނީ ފޮނުވާފައެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ އަބްދުالله ލުތުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) އާ ގުޅިގެން ދިން ހަމަލާއެކެވެ. އެ ޓެރަރިސްޓް ހަމަލާ ރާވައި، ހިންގުމުގައި އަބްދުالله ލުތުފީއަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، އެކިވަރަށް ވާގިވެރިވެ ދިވެހި ގައުމަށް ޣައްދާރުވެ، ހިޔާނާތްތެރި ވިއެވެ.
މި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 މީހުން ވަނީ ޒަހަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިފައިންގެ 8 މީހަކާއި އާންމުންގެ 11 މީހަކު ހިމެނޭއިރު ޒަހަމްވި މީހުންގެ ތެރޭގައި 18 ސިފައިން ހިމެނެއެވެ. އެ އުދުވާނީ ހަމަލާ ރާއްޖެއަށް ދިން އިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ރައީސް މައުމޫނެވެ.
އަދުރޭ ދަނީ ޕީޕީއެމް ފުނޑާލަމުންނޭ މުއިއްޒު އާއި ގުޅިގެން އަދުރޭ އިސްތިއުފާ ރައީސް ޔާމީން މިނިވަން ނުވުމުގައި އަދުރޭ އާއި މުއިއްޒުގެ އަތެއް ވެސް އޭގައިވެއޭ ހުޅުމާލޭގެ ރައްޔިތުންނާއި ރައީސް ޔާމީން ބައްދަލު ކުރަން އޮތް އޮތުން މިހާރު ނޫސް ފަދަ ވަގު ނޫސްވެރިން ހިންގާ ނޫސްތައް މެދުވެރިކޮށް ރައީސް ޔާމީން ގާނޫނާއި ޚިލާފުވަނީއޭ ކިޔާ ރޯ ބުހުތާނު ދޮގު ހަދައިގެން ރައީސް ޔާމީން ކާންބޯން ކުރާ ސިޔާސީ މަސައްކަތް ތަކަށް ހުރަސް އަޅަނީ އެއީ ސީދާ އަދުރޭ އާއި މުއިއްޒުގެ ރޭވުމުންނޭ ރައީސް އިބޫ ހުންނެވީ ރައީސް ޔާމީނަށް ނޮވެމްބަރު 11 ގަައި އަފްއާމް ވެސް ދެއްވާ ގޮތަށޭ އެކަމާއި ވެސް އެއްބަސްނުވަނީ އަދުރޭ އާއި މުއިއްޒުއޭ އަދުރޭ ޕީޕީއެމްގެ ހުރިހާ މަގާމް ތަކުން އިސްތިއުފާ ދޭންވީއޭ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ...