މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

އެމްއޭސީއެލް އިން ބުނީ، އެ ކުންފުނިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ވެފައިވާ ވައުދާ އެއްގޮތަށް ލޭ ހަދިޔާ ކުރުމަށް ބޭއްވި ކޭމްޕުގެ މަގްސަދަކީ އެމްއޭސީއެލްގެ މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ ހަދިޔާ ކުރުން ކަމަށެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަަން އެ ކުންފުނިން އުފަލާއެކު ފާހަގަ ކުރެއެވެ.

މި ކޭމްޕް ފައްޓަވައި ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ދެއްކެވި ވާހަކައިގައި ވަނީ، ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ލޭ ހަދިޔާ ކުރުމުގެ ސަބަބުން ލޭ އަޅަން ޖެހޭ ތެލެސީމިއާ ކުދިންނަށް މިއީ ވެވޭ ވަރަށް ބޮޑު އެހީއެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ލޭ ހަދިޔާ ކުރުމުން ހަމައެކަނި ފައިދާ ވާނީ ތެލަސީމިއާ ކުދިންނަށް އެކަނި. ޏޫން ކަމަށް ލޭ ހަދިޔާ ކުރާ ޟހާއަށް ވެސް ފައިދާތައް ލިބޭނެ ކަމަށް ތޯހާ ވިދާޅުވިއެވެ. އަދި މި މަތިވެރި މަސައްކަތުގެ މުހިންމުކަން ދެނެގަނެ، ތެލެސީމިއާ ޕޭޝަންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ވެސް ތޯހާ ވަނީ ހިތްވަރު ދެއްވާފައެވެ.

އެމްއޭސީއެލްގެ ލޭ ހަދިޔާ ކުރުމުގެ ކޭމްޕަކީ މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކޭމްޕެކެވެ.