އެއްވެސް ރަށެއްގައި ހިންގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގަވާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ބައެއް ރަށުރަށުގައި މި ސަރުކާރުން ހިންގަމުން ދާ ބައެއް މަޝްރޫއުތައް ހުއްޓާލައިފައި ވަނީ މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށް ބުނެ އަޑުފެތުރެމުން ދިއުމާ ގުޅިގެންނެވެ.
މުއިއްޒު ވިދާޅުވީ، އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އެދިވަޑައިގެންފައި ނުވާނެ ކަމަށާއި އޭނާގެ ފަރާތުން އެއްވެސް ބޭފުޅަކު ވެސް އެކަހަލަ އެންގުމެއް ނާންގާނެ ކަަމަށެވެ. ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުން ދާ ކަމަށާއި، އެކަން ކުރަނީ މުއިއްޒު އަންގަވައިގެން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުން ކާމިޔާބު ވެވަޑައިގަތުމާއެކު ޑރ. މުއިއްޒު ވަނީ އިންތިގާލީ މުއްދަތުގައި ސަރުކާރުގެ ބައެއް ކަންކަން މަޑުޖައްސާލުމަށް އެދިވަޑައިގެން ރައީސް އޮފީހަށް ސިތީއެއް ފޮނުވާފައެވެ. އެ ސިޓީގައި 7 ކަމެއް މަޑުޖައްސާލުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
އެ ކަންކަމުގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމެންޓެއް ނުކުރުމަށާއި، ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދަ ނުދިނުމަށާއި، ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުމެވެ.
ހަމައެއާއެކު ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުމަށާއި، ޕީއެސްއައިޕީ އާއި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުމަށައި، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލުނުގެނައުމުގެ އިތުރުން ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
މަސައްކަތް ކުރުވާފަ ދޭނެ ފައިސާ ނެތިއްޔާ ޖެހޭނީ ހުއްޓާލަންތާ. ބައެެއް މީހުން އެބުނަނީ 2019ން ފެށިގެންވެސް ފައިސާ ނުލިބޭ ވާހަކަ. އަހުން ހިތަށް އަރަނީ ޗާޕްކުރި ފައިސާތަކަށްވީ ކިހިނެއް ބާވައޭ ޢެމްޓީސީސީ އިން ވެސް ބޮންޑް ވިއްކަނީ ބައެއް ފަރާތްތަކަށް ދޭނެ ފައިސާ ނެތިގެނޯ . ޢެހެންވީމމަ އިބީ ކޮށްދިން ކަންތައް ކަމަކު ނުދިޔަތާ މަސަކަތް ކުރުވާފަ ބިލްތަކަށް ފައިސާ ނުދެންޏާ އެއީ އިބޫ ހެފި ވަރަށް ބޮޑު ގޯހެއްނު