ގާޒާގެ ފަތިސް ވަގުތުގެ ހަމަހިމޭކަން ކުއްލިއަކަށް ނަގާލީ، އަލިފާނުގެ ހާދިސާތަކާއި، ބާރު އަޑުފައްގަނޑާ އެކުއެވެ. 2.3 މިލިއަން އާބާދީގެ ގަޒާ ހިތާމަވެރި ވިލާގަނޑެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ.

ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުގެ އަޑު ގަދަވަމުން ދިޔަވަރަކަށް، އަހަރެންނާއި އަހަރެންގެ ކަންބޮޑުވެފައިވާ އާއިލާ، އަނދިރި ކޮޓަރިއެއްގެ ތެރޭގައި ފިލާ ތިބީއެވެ.

ސިޑިން ފައިބައިގެން ކޮޓަރިއަށް ދިޔަ ވަގުތު އަހަރެންގެ ކައިރީގައި އަންހެނުން ހުއްޓެވެ. އަހަރެމެން ސަލާމަތުން ތިބިކަމުގެ ޔަގީންކަން ތަކުރާރުކޮށް އަންހެނުން އަހަންނަށް ދިން ނަމަވެސް އޭނާގެ އަޑުގައިވާ ތެޅުން ތަކުން އޭނާ އަސްލު ހުރީ ވަރަށް ބިރުންކަން އެނގެއެވެ.

އުއްމީދުގެ އިހުސާސެއް ގެނެސްދޭން އުޅުނު އިރުވެސް އާއިލާގެ މޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަމާއި ވައިގެ ތެރޭގައި ފޮރުވިފައިވާ ހަގީގީ ނާޒުކުކަން ހަނދާން ނައްތާ ނުލެވުނެވެ. އިޒްރޭލާ އެކު އުމުރު ދުވަހު ހިނގަމުން ދިޔަ ހަނގުރާމަތަކުގެ ހެކި ލިބިފައިވާ އަންހެނެއް ކަމުގައިވާ އަހަރެންގެ މަންމަ، އަހަރެންގެ ދެ އަހަރުގެ ފިރިހެން ދަރިފުޅުގެ ގައިގައި ހިފަހައްޓައިގެން، ބޭރުން އިވެމުން ދިޔަ ހަޅޭކުގެ އަޑުގެ ބިރުވެރިކަމުން އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ.

އެ ކޮޓަރީގައި އަހަރެންގެ މައިންބަފައިންނާއި އަނބިމީހާއާއި ދަރިފުޅާއި ކޮއްކޮ ތިބީމެވެ. އެއް ޒަމާނެއްގައި ހިނިތުންވުމާއި އުފާވެރިކަމުން ހެނދުނުގެ ވަގުތު ފެށިގެން ދިޔަނަމަވެސް، މިހާރު ދުވަސް ފެށިގެން ދަނީ ބިރުވެރިކަމުންނާއި ސަލާމަތަށް އެދި ކުރާ ދުއާތަކުންނެވެ.

އަހަރެމެންގެ ހިޔާވަހިކަމުގެ ބޭރުން، ހަމަލާގެ ހިތާމަވެރި ތަސްވީރުތައް ހަބަރުތަކުން ގެނެސްދިނެވެ. މީހުން ދިރިއުޅޭ އިމާރާތްތައް ފުނޑުފުނޑުވެ، ދުންތައް ވައިގެ ތެރެއަށް ފެތުރިގެން ދިޔައެވެ. ކޮންމެ ގޮވުމަކުން ވެސް ބިންގަނޑު ގުޑައިގެން ދާ އިރު، މަގުތަކުގައި ތިބި މީހުންގެ ހަޅޭކުގެ އަޑުތަކާއި މަތީގައިވާ ފައިޓާ ޖެޓްތަކުގެ ހަޅޭކުގެ އަޑުން އަހަރެމެން އެންމެންގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.

އެ ބިރުވެރި ވަގުތުގައި އަހަރެން ހިފަހައްޓާލި އަހަރެންގެ އަޑަކީ ހަމައެކަނި އަހަރެންގެ އެކަނި ދިރިއުޅުން ނޫން ކަމަށާއި އަހަރެމެންގެ ޖިހާދަށް ގިނަ ފަހަރަށް ބީރު ކަންފަތެއް ދޭ ދުނިޔެއާ އޮތް ގުޅުމެއް ކަމަށް ގަބޫލު ކޮށްގެންނެވެ.

"އިޒްރޭލާއެކު ހިނގި ފަސް ހަނގުރާމައަކުން ސަލާމަތްވި ނޫސްވެރިއެއްގެ ހައިސިއްޔަތުން އަދި ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ އަޑަކީ، އެންމެ ކުޑަމިނުން، ރައްކާތެރި ކަމަށް ގޮވާލާ ގޮވާލުންތައް އިތުރު ކުރުމަށް އެހީތެރިވެދޭނެ ދުނިޔެއަކާ ގުޅިފައިވާ އަޑެއްކަން."

ސިޓީގެ އެކި ހިސާބުތަކުގައި ތިބި ގާތް ތިމާގެ މީހުންނާއި ރައްޓެހިންގެ ހާލު ދުވާލު އެކި ފަހަރު މަތިން ބަލަމެވެ. އަވަށްޓެރިންނާއި އެކަކު އަނެކަކު ނުދަންނަ މީހުންވެސް އެއްބައިވަންތަކަމާއި ހިތްވަރުގެ ބަސްތައް ހިއްސާކުރިއެވެ.

ނަމަވެސް މި ހިތްވަރުގެ ފަހަތުގައި، ނަފްސާނީ ގޮތުން އުފެދިފައިވާ ވަރުބަލިކަމުގެ އަސަރު އަޅުގަނޑުމެންނަކަށް ދޮގެއް ނުކުރެވޭނެއެވެ. ހަމަނުޖެހުން ހިނގަން ފެށި އިރުގެ ވަގުތުތައް ފެނުނު މީހުންގެ ލޮލުގައި އަދިވެސް އެ ބިރުވެރިކަން އެބަހުއްޓެވެ.

ކޮންމެ ހިނދުކޮޅަކީ ވެސް މިހާރު ހިތާމައާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ.

ނަމަވެސް ގާޒާގެ އެއްބައިވަންތަކަމާއި ސާބިތުކަމަކީ ރައްޔިތުންނަށް ލިބޭ ހަމައެކަނި ހިތްހަމަޖެހުމަށެވެ. ބިރުވެރިކަމާއި ހަލާކުގެ ތެރެއިން، އުއްމީދާއި އަޒުމުގެ އަޑުތައް ރޭގަނޑުގެ އަލިކަމާއެކު ފާޅުވަމުން ދިޔައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން، ހަމަލާތަކާ ދެކޮޅަށް އެއްބައިވަންތަވެފައިވާ ކަމުގެ ހެއްކެކެވެ.