މިރާއްޖެއަށް ގެއްލިގެން މި ދިޔައީ އުފާވެރި އަމާން ރާއްޖެއަކަށް ދަތުރު ކުރުމުގެ ފުރުސަތުކަމަށާ ބަޔަކު ހެދި އެތައް ބައިވަރު ދޮގަކާ ފިތުނައެއްގެ އަވާގައި ޖެހިގެން ރާއްޖޭގެ ރައްޔިތުންނަށް މި ލިބުނީ ވަރަށް ބޮޑު ދެރައެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ދައުރުގައި ރައްޔިތުންނަށް ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ނިންމާލެއްވި އިރު އަމިއްލައަށް މަޝްހޫރުވާން އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ. ރާއިސް ކުރެއްވި ފަދަ ބުރަ މަސައްކަތެއް ކުރެއްވި ވެރިއަކު މަދުވާނެކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް އަހައްމިއްޔަތުކަން ދެއްވީ ރައީސްގެ ވައުދުތައް ފުއްދަވުމަށާ ރާއްޖޭގެ ރަށްތައް ތަރައްގީކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް ބުނީމު ރައިސް ކުރައްވަމުން ގެންދެވިހާ މަސައްކަތާ ރައިސް އާއި ދެކޮޅަށް ދައްކަމުން ދިޔަ ދޮގު ވާހަކަތަކަށް އެއްޗެއް ވިދާޅުވަން އެބަޖެހެޔޭ. އެކަމަކު ޓީވީތަކަށް އަރުއްވާ ކަންކަން ކުރެއްވުމަކީ ރައީސް އެހާކުރައްވާ ހިތްވާ ކަމަކަށް ނުވޭ. އަމިއްލަ ޕްރޮމޯޝަންގަ އުޅުއްވުމުގެ ޝައުގުވެރިކަމެއްނެތް. އަބަދުވެސް އުޅުއްވީ މަސައްކަތުގަ." ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރަށް ރޮޒައިނާ ވިދާޅުވީ ރައީސް އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ދެރައެއް ދޭކަށް އަދި އަނިޔާއެއް ދޭ ކަށް ބޭނުންފުޅު ނުވާކަމަށެވެ. އެގޮތުން ރައީސް ދެއްވާފައިވާ ސިޔާސީ މަގާމެއްގަ ހުންނަ މީހަކުވެސް ރައީސް އާ ދެކޮޅުވިޔަސް އެމީހަކު މަގާމުން ދުރުކުރަން ބޭނުންފުޅުނުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މިހާވަރަށް މީހަކަށް އޯގާތެރިވެ، ކެތްތެރިވެވޭނީ. އެތައް އަހަރެއްވަންދެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހައްދަވާ ދެއްވި. ދުވަހަކުވެސް މިރާއްޖޭގަ ރައިސްއަކަށް 2 ވަަނަ ދައުރެއް ހައްގުވާނަމަ ރައީސް ސޯލިހްއަށް އެކަން ހައްގު. ނަމަވެސް ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ނިންމީ އަނެއްކާވެސް އެހެންމީހެއް ޓެސްޓުކޮށްލަން." ރޮޒައިނާ ވިދާޅުވިއެވެ.
މި ވެރިކަމުގެ ރޮޒައިނާ އަށް ގިނަ 'ނާޖައިޒު' ފައިދާތަކެއް ލިބުނުކަމަށް ކުރަމުން ދާ ތުހުމަތުތައް ދޮގުކުރައްވަމުން ރޮޒައިނާ ވިދާޅުވީ ރިސޯޓާ، ފަޅާ، ބިމާ ހުޅުމާލޭގެ ގޯތިތަކަކީ ސޯޝަލް މީޑިއާއިން ލިބުނު ހިޔާލީ އެއްޗެހި ކަމަށެވެ. ރައީސް ސޯލިހް އަށް ތާއިދުކުރައްވަނީ ލިބޭ އެއްޗެއްގެ ސަބަބަން ނޫންކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހް އަށް ތާއިދުކުރައްވަނީ އެމަނިކުފާނުގެ ހެޔޮކަމާ ރަނގަޅުކަމުން ކަމަށެވެ. އިތުރުން ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުތީ ރައްޔިތުންގެ އަޑު އަހައިގެން ޕޮލިސީ ލެވެލްގަ ތަފާތެއް އަންނާނެ މަސައްކަތެއް ކުރަން ކަމަށާ ސަރުކާރެއް އޮވެގެން އެއްޗެއް ހޯދަން ނޫންކަމަށެވެ. އޮޕޮސިޝަންގަ މަސައްކަތް ކުރުމުގެ ތަޖުރިބާ މާ ބޮޑަށް އެބަހުރިކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެކަމުގަ އުޅޭއިރު ވަގު ބަދުނާމެއްވެސް ނޭޅޭ ކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ބަލިވުމުން ހިތާމަ ކުރަނީ ސަރުކާރެއް ގެއްލިގެން ނޫންކަމަށާ ރައްޔިތުން ދެކެ ލޯބިވާ އިހުލާސްތެރި ވެރިއެއް ގެއްލުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ގެ މެނިފެސްޓޯ ގައި ކޮށްދެއްވަން ވައުދުވެފައި ވާ ކަންކަން ދެން ނުވާނެތީކަމަށެވެ. އަދި މި ހިތާމަ އަބަދުވެސް ކުރައްވާނެކަމަށާ އެހެން ރައްޔިތުންނަށް ވެސް އަދި މި އިހުސާސް ކުރެވޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ،
އިތުރަށް ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އާއި ގުޅުނީ 2013 ގެ ރިޔާސީ އިންތިހާބުން ބަލިވެ އެ ޕާޓީ އެންމެ ނިކަމެތިވި ވަގުތުކަމަށެވެ. އަދި މިއަދު އަނެއްކާވެސް އެމްޑީޕީ މެންބަރުންނާއެކު އެޕާޓީ ކުރިއަށް ގެންދަން ސާބިތުކަމާއެކު ހުންނާނެކަމަށް ރޮޒައިނާ ވިދާޅުވީއެވެ. ރޮޒައިނާ ވަނީ ރައީސް ސޯލިހް އަށް ވޯޓުދިން، ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށް އެ ފަރާތްތަކުން ވޯޓުދިނީ ރާއްޖޭގަ މިހާތަނަށް އައި އެންމެ ރަނގަޅު ވެރިޔާއަށްކަމަށް ވިދާޅުވެފައެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ވަނީ ރައީސް ސޯލިހް ކުރެއްވި ފުރިހަމަ ކެމްޕެއިނާ ދެއްކެވި ހިތްވަރާ ރީތި މިސާލަށް އެމްޑީޕީ އަށާއި އެމަނިކުފާނަށް މަރުހަބާ ދަންނަވާކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެމްޑީޕީ ދެމި އޮންނާނީ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޒިންމާދާރުކޮށް ޑިމޮކްރެސީގެ ހަމަ ހިފަހައްޓާތޯ ބެލުމުގައި އެމްޑީޕީ ދެމި އޮންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބާއެކު މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ދިވެހިން ގޮތް ނިންމާފައިވާ ކަމަށާއި، އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ގުޅާ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއްކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވާކަމަށެވެ.
ހުރިހާ މޮޅެއް ލިބުނީ Preferably ނުން. ހުރިހާ ފިތުނައެއް އފެއްދީ ރޮޒައޮނާ އާދަމް، ޑިފެންސް މިނިސްޓަ ބޮޑުރިޔާ ދީދީ، ދީނުގެ ނަމުގައި ގޮތެއް ފޮތެއް ނުބަލައި މީހުންގެ އަބުރު ކަރިލި ސޭކް އިމްރާންއެެް. އެހެން ބައެއް ނޫނެވެ.
ކަލޭހީކުރިވަރަށް ލައްކަ އެއްޗެހި ހޯދިއްޖެތަ؟ ލިބުނު އެއްޗެއް ހޯދައިގެން އަވަހަށް ރައްކާވޭ
މަންޖެ އުޅުނީ އަމިއްލަ އަންބޮނޱި ބޮޱު ކުރަން ، ހުރިހާ ދެރައެއް ނިކަމެތި އެމްޱީޕީ ކުދިންނައް، ދެން ގޮރުހަނޱާ ކަލޭ
ފިތުނަ އެއްނޫން. ކަލޭމެން ކަމުނުދިޔައީ މެޖޯރިޓީ އަށް. ދެން ލަލަލާ
އޯގާތެރި ކަމާއި އަމިއްލަ އެދުމާއި ކިބުރުވެރި ކަމަކީ ކޮބައިކަންވސް ވަކިކުރަން ރޮޒާއިނާއަށް ނޭގޭހެން ހީވަނީ އެގޭނަމަ ތިހެން ނުބުނާނެ އިބޫސޯލިހަށްވުރެ ނުބައި އަމިއްލަ އެދުން ބޮޑުވެރިއެއް މިހާތަނަށް ފެނިފައިނުވޭ! ވެރިކަމުގެ ދަހިވެތިކަމުގައި ކުށެއްނެތް ރ.ޔާމީނު ޖަލުގައި ބަހަށްޓައިގެން ފަސްއަހަރު އެހޭދަކުރީ ކިހާނުބައިވީމަ ރައްޔިތުންގެ ފައިސާއިން ބޭނުމެއް ނެތް އެތައް ދަތުރެއްކޮށް އަމިއްލަ އުފާހާސިލް ކުރުމަށްޓަކައި މުޅިބައިތުލްމާލު ހުސްކޮށް ދަރުވާ އިންޑިއާއަށް ގައުމު ކިރިއާނުވިކި އޮތްވާ މިގައުމު ސަލާމަތް ކުރެވޭވަރުގެ ގާބިލް ކުޅަދާނަ މޮޅު އެހާމެ އޯގާތެރިވާނެ ބޭފުޅަކު އިންތިޙާބު ވީކަމީ ރައްޔިތުން އުފާކުރަންޖެހޭކަމެއް! ރޮޒައިނާވެސް އަމިއްލަ އެދުމެއް ނެތްނަމަކުރާނީ އުފާ!”އަނެކާގެ ޙާލަށް ވިސްނިގެން އެކަމާއި މެދު ހަމްދަރުދީވަނީ އެދުމެއް އަމިއްލަ އޮތީމައޭ”
ކަލޭ ފިތުނައޭ ކިތުނައޭ ނުކިޔާ އިބޫ ނުހޮވުނީ ވެރިޔެއްގެ ހުންނަންޖެހޭ ލީޑަރ ޟިޕެއް ނެތީމަ އިބޫއަކީ ކަލޭކަހަލަ ދެތިންމީހެއްގެ ޕަޕަޓެއް
އަމިއްލަ އެދުމާއިގެން ތިއުޅުއްވަނީ! ޑރ. މުޢީޒް އަށް ވޯޓްދިނީ ވިސްނުންތެރި ރައްޔިތުން! އިރާދަކުރެއްވިއްޔާ މިސަރުކާރުން ދަވާލާފައިވާ ރާއްޖެ އަށް ދިރުން ގެންނަވާނެ ވެރިއަކަށް އިންތިހާބީ ރައީސްވާނެ ޑރ.މުޢީޒަށް މަރުޙަބާ!
ދެން ވ ސަލާން. އާއިލާ އެންމެނަށް ހުޅުމާލެއިން ގޯތި ލިބިފައޭނުންތޯ އޮތީ؟ މަރު ދުވަހަށް ނުހައްގުން ލިބޭ މޮޅުތަކުގަ ތެޅިތެޅި ކަލޭ ހުރުން އެދެނީ