ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވިފައިވާ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ބީއެމްއެލްއިން ވަނީ ކަނޑައަޅާފައެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު އެންމެ ރަނގަޅު 10 ޕްރޮޖެކްޓް:
- ހުޅުމާލެ ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދޭ ޕްރޮގްރާމް - ދަ ރީޑިން ރޫމް، (ކ. ހުޅުމާލެ)
- އަންހެނުންނަށް ހާއްސަ ޕްރޮގްރާމް - އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް، (ހއ.ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ)
- ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، (ބ. ތުޅާދޫ)
- އައުޓްޑޯ ބީޗް ޝަވާ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، (ހދ. ނޮޅިވަރަންފަރު)
- ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމ،ީ (ހއ. ދިއްދޫ)
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - ނާދިލް މުތައްހިދީން، (ށ. މަރޮށި)
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - ކަޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވާމަންޓް، (ރ. އަނގޮޅިތީމު)
- ވިންސިއާ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް - ވިންސިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، (ތ. ގުރައިދޫ)
- ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވާމަންޓް ނެޓްވޯކް، ލ. ގަން
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، (ހއ. އިހަވަންދޫ)
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަންބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޯށްދީފައެވެ.