ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ 50 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ ގުލްފާމްގެ، އިސްމާއީލް މާހިރު ކަމަށެވެ. އަދި މިހާރު އޭނާ ދިރިއުޅެނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ސްޓެލްކޯ ޓަވަރު ގައި ކަމަށެވެ.

އިސްމާއީލް މާހިރު ގެއްލިފައިވާ ކަމަށް ރޭ ދަންވަރު 1:08 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި އިއްޔެ ހުކުރަށްދާން ގެއިން ނުކުތް ފަހުން އޭނާގެ ހަބަރެއް ނުވާކަމަށް އާއިލާއާ ހަވާލީ ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ އެންމެ ހުކުރަށް ދިޔައިރު ލައިގެންހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.