ރިޔާސީ އިންތިހާޞުގެ ދެވަނަ ބުރުގައި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހައްދަވާފާނެ ކަމުގެ އިޝާރާތެއް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
މިރޭގެ ވަގުތެއްގައި ރައީސް ނަޝީދު އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުމަށް ފަހު ނިކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެން ވަގުތު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ހުރިހާ ސަފީރުންނާ ވެސް ބައްދަލު ކުރައްވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން މަޝާވްރާ ނުކުރައްވާ ކަމަށެވެ. އިންޑިއާ ސަފީރާ ބައްދަލު ކުރެއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުންވެސް އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް 2 ފަރާތަކާ އެކު މަޝްވަރާ ކުރެވޭ ކަމަށާއި އޭގެ ތެެރޭގައި ރައީސް ސޯލިހު ހިމެނިވަަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކަންކަން ވަނުން ދާގޮތް އެނގިވަަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު ނިންމަވާނީ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންޑިއާ ސަފިރާ ބައްދަލު ކުރެއްވުމުން އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ނަޝީދު ވަނީ ދެ ފަރާތާއެކުގައި ވެސް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ދާ ކަމަށް ވިދާޅުވެފައެވެ. ދެވަނަ ފަރާތަކީ ޑރ. މުއިއްޒުކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.
އަދި ޑިމޮކްރެޓްސްގެ ނިންމުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ، "ތިޔަ ބޭފުޅުން ބޭނުންވާ ގޮތަށް ނިމިގެން ދާނީ، އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައި ނުގަންނަވާތި" މިހެންނެވެ.
ރައީސް ނަޝީދާއެކު މަޝްވަރާ ކުރައްވާ ކަމަށް އެމްޑިޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ދެ ރައީސުން [ރައީސް ނަޝީދު އަދި ރައީސް ސޯލިހު] އެކުގައި ފެންނާނެ ކަމުގެ އުންމީދު ބޮޑުކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
މިކަން ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދޮގުކުރައްވައި ޓްވީތް ކުރެއްވި ނަމަވެސް ފަހުން އާޒިމް ވަނީ އެ ޓްވީޓް ވެސް ޑިލިޓް ކޮށްލާފައެވެ.
އިންޑިއާ ސަފީރާ ރައީސް ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، އިންޑީއާ އަކީ މި ސަރުކާރާ އެކު ގާތްގުޅުމެއް ބާއްވަމުންދާ ގައުމެކެވެ. އަދި ރައީސް ނަޝީދު އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުމާއި، ފައްޔާޒްގެ ވާހަކަ ދޮގު ކުރައްވައި އާޒމް ކުރެއްވި ޓްވީޓް ޑިލިޓް ކޯށްލުމަކީ ރައީސް ނަޝީދު ރައީސް ސޯލިހާ އެކު ކޯލިޝަން ހަދާފަނެ ކަމުގެ އިޝާރާތެއް ކަަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ތިޔަކަލޭގެ ތިޔަ ހުރިހާ ވައްތަރެއް ޖައްސާފަ އެންމެ ފަހުން އަރާނީ ސޯލިހުގެ ފަޅިއަށް އެއީ އިންޑިއާ އެދޭގޮތް ކަމަށްވާތީ. އެނޫންގޮތެއް ހަދާކަށް އަންނި އަކަށް ނުކެރޭނެ. ސޯލިހް އިންޑިއާއާއެކު ހެދި ހުރިހާ ޑީލްއެއްގެ މޭސްތިރިއަކީ އަންނި. ފުރަތަމަ އަންނިގެ ވެރިކަމުގަ މިތާގަ ހެލިކޮޕްޓަރު ބަލަހައްޓާށޭ ކިޔާފަ މީހުން ބޭތިއްބީ ދިވެހި ސަރުކާރުގެ އަމުރު ނުހިގާ ގޮތަށް. އިބޫގެ ވެތިކަމުގަވެސް މާރިޔާއާ އަންނި ވަނީ އިބޫ ލައްވާ ހުރިހާ ނުބައެއް ހައްދާފަ.
ލަނޑަޔާވާނީ ހަމަ ލަނޑަޔާ.