ރޭސިން ޓްރެކެއް ހެދުމާއި ހައުސިން ޔުނިޓް އެޅުން ހިމެނޭހެން ގިނަ ވައުދުތަކެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. މަކުނުދޫގެ ރައްޔިތުންނަށް ވެވަޑައިގެންފިއެވެ.
މިރޭ ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަކުނުދޫގެ ރައްޔިތުން ކިއި މަރުހަބާއިން ރައްޔިތުން ތަރައްގީއަށް ބޭނުންވެފައި ތިބި މިންވަރު ހާމަވެގެން ދިޔަ ކަމަށެވެ.
މަކުނުދުއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:
- މަކުނުދޫގެ ބިންހިއްކައި ހައުސިން ޔުނިޓް އަޅައިދިނުން
- ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅާދީ ޒަމާނީ ފެންވަރަށް ހެދުން
- ބޮޑު ފުޓުބޯޅަ ދަނޑާއި ރޭސިން ޓްރެކެއް އަޅައިދިނުން
- ބަނދަރު ފުންކޮށްދިނުން
- މަސްވެރިންނަށް އައިސް ޕްލާންޓް ބަހައްޓަދިނުން
- މެރިކަލްޗާއަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި އެކަމަށް ހުޅުވާލުން
3 ސަރަހައްދެއްގައި ރޭސިން ޓްރެކް އެޅުމަށް ނިންމާފައި ވާއިރު އޭގެތެރޭގައި މަކުނުދޫ ހިމެނޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ މަކުނުދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި މަކުނުދޫގައި ގާއިމް ކުރަން ނިންމާފައިވާ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައި ވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ އެއާޕޯޓާއެކު ގިނަ އަދަދެއްގެ ވަޒީފާ އުފެދުމުގެ އިތުރުން އެ ސަރަހައްދުގައި ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މަކުނުދޫއަކީ ހދ. އަތޮޅުގެ އެހެން ރަށްތަކާ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް ކަމަށްް ވާއިރު މި ސަރުކާރުން ތައާރަފްކުރި އާރްޓީއެލްގެ ހިދުމަތާއެކު ދަތުރުފަތުރުގެ ދަތިތަކަށް ހައްލު ލިބިގެން ގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން ވަކި ރައްޔިތެއް ނުވަތަ ކުޑަ އާބާދީއެއް، ބޮޑު އާބާދީއެއް އޮންނަ ރަށެއް ނުބަލައި ހަމަހަމަ ކަމާއެކު އަސާސީ ހައްގުތައް ފޯރުކޮށްދޭނެ ކަން ރައީސް ސޯލިހް ވަނީ ތަކުރާރު ކުރައްވާފައެވެ.
ކޮބާތޯ މިސަރު ކާރުން ދިން ފުލެޓުގެ ދާއިމީ ލިސްޓު ކޮން ދުވަހަކުން ތޯ ނެތެނީ