އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވީ ފުދޭ ވަރަކަށް އެނގޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ ރޭ ކާނިވަލުގައި އެމްޑީޕީއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒުއާ ގުޅުވާ ދެއްކެވި ވާހަކައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ރޭ އިމްރާން ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ރައީސް އަބްދުﷲ ޔާމީނު އޮންނަވާނީ ޖަލުގައި ކަމަށާއި އެމަނިކުފާނުގެ މައްޗަށް ހުކުމްކުރި ވަގުތުގައިވެސް އެމަނިކުފާނަށް ހުކުމް ކުރުމަށް އެދިވަޑައިގެން މުއިއްޒު ހިތްޕުޅުން ދުއާކުރެއްވި ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން މުއިއްޒަށް ހޯއްދަވައި ދެއްވީ އޭނާ އާދޭސް ކުރައްވާ ވަރުން ހިތަށް ކެތް ނުވެގެން ކަމަށާއި ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި އެ މަގާމު މުއިއްޒަށް ދެއްވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމުގެ ދޮރުމަތީގައި ގޮނޑިއަޅައިގެން އިންނަވާތީ ސިޔާމްގެ ހިތަށް ކެތްނުވެގެން ކަމަށްވެސް އިމްރާން ރޭ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް އިމްރާނަށް ފާޑުކިޔަމުން ދާއިރު ގިނަ ބަޔަކު ވަނީ އަދާލަތުގެ އޮފީހަށް މުއިއްޒު އަމިއްލައަށް ހަރަދުކުރެއްވި ދުވަސްތައް އިމްރާން ހަނދުމަނެތީތޯ ސުވާލު ކުރައްވާފައެވެ.
އެ ހުރިހާ ފާޑުކިޔުންތަކާއެކު އިމްރާން ވިދާޅުވީ ރޭގެ ޖަލްސާގެ ފަހުން ވަރަށް ގިނަ މީހުން ގުޅާ މެސެޖުކޮށް ހަދަމުންދާ ކަމަށެވެ. އަދި މުއިއްޒާ ބެހޭ ގޮތުން ކުޑަ އެއްޗެއް ވިދާޅުވީ މުއިއްޒު ފުދޭ ވަރަކަށް އެނގިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކަ ދިފާއު ކުރެއްވިއެވެ.
އެގޮތަށް އެ ވާހަކަ ދެއްކެވީ އެނގޭ މީހުން ނޭނގޭ މީހުންނަށް ބުނެދިނުމަކީ އޮތް ކަމަކަށް ވާތީ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
މީހުންގެ ހިތުގަ އޮންނަ އެއްޗެއް ކަލޭަހަލަ ދޫނުބައި ސޭހަކަށް އެނގޭގޮތެއް ބުނެލަބަލަ. ތިހިރީ މިނިސްޓަރުކަމާހެދި ބޫތަކައިފަ
ފަހަރި އިމުރާނޫ ކަލޭނުފުދޭނެ މުއިއްޒު އިންނަވާތަނެއް ފޮޅާސާފުކުރަންވެސް ވަޒީފާގެ ދަހިވެތިކަމުގަ ލާދީނީ ބައިގަޑާ ގުޅިގެންއުޅޭ ބޮޑުމުނާފިގު