ހުޅުމާލެ ފޭސް2ގައި ކެއާ ސޮސައިޓީގެ ގޮތްޕެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

އާބަންކޯއާ ގުޅިގެން ކެއާ ސޮސައިޓީއިން ހުޅުވި ސެންޓާ "ހިޔާ ތެރަޕީ އެންޑް އިންޓާވެންޝަން ސެންޓަރު" ހުންނަނީ ފޭސް 2 ގެ ހިޔާ ޓަވަރު 1 ގައެވެ. މި ސެންޓަރު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ކެއާ ސޮސައިޓީއިން ހުޅުވި މި ސެންޓަރަކީ ހުޅުމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ އަދި އެހެނިހެން ފަރުވާތައް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ސެންޓަރެކެވެ. އެގޮތުން މި ސެންޓަރު ގާއިމްކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ލިބިގަނެވޭނެ ގޮތަށެވެ.

ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ ފަރުވާ ދިނުމުގެ އިތުރުން މި ސެންޓަރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެހީ ތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ޕްރޮގުރާމުތަކާއި، އެކި ކަހަލަ އެސަސްމަންޓުތައް މި ސެންޓަރުން ހެދޭނެއެވެ.

ކެއާ ސޮސައިޓީއިން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.