ހުޅުމާލޭގައި ދިރިއުޅޭ އުމުރުން 35 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން އޭނާގެ ވަނަވަރު ފުލުހުން އާން މުކޮށްފިއެވެ.

ފުލުހުން ބުނީ، ހއ. ބާރަށް / ސައިނިންސްޓާ، މުހައްމަދު ތައުފީގް އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރޭ ދަންވަރު 1:35 ހާއިރު ރިޕޯޓު ކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން ތައުފީގް ފެނިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ 11:00 ހައިރު ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން ކަމަށް އާއިލާ އާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. އޭރު އޭނާ ލައިގެން ހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، މުހައްމަދު ތައުފީގްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށެވެ.