މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މޫސުމާ ބެހޭ މައުލޫމާތު ހިއްސާ ކުރަމުން މެޓް އެފީހުން ބުނީ މިއަދުގެ 14:00 އިން ފެށިގެން 17:00 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އަދި މި ވަގުތުތަކުގައި އާންމުން އެކަމަށް ސަމާލުކަން ދިނުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި މަހުގެ ކުރީކޮޅު ވެރިރަށް މާލޭގެ އިއާޓިފިޝަލް ބީޗު ސަރަހައްދާއި ކާނިވަލް ސަރަހައްދުގެ އިތުރުން ސިނަމާލެ ބްރިޖްގެ ދެކުނު ފަޅިން އުދަ އަރާ، ދަތުރުކުރަމުން ދިޔަ ސައިކަލުތަކާއެކު ގިނަ ބަޔަކު ވިއްސައިގެން ގޮސްފައި ވެއެވެ.

އެފަހަރުވެސް އުދަ އަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަަމައަށް ހުދު ސަމާލު ނެރުނެވެ.