މި އަހަރު އުރީދޫ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ ހަތަރު ސީޓީގައި ބާއްވާ މަސް ރޭހުގެ ތެރެއިން އައްޑޫ ސިޓީގައި ބޭއްވި މަސް ރޭހުގައި ޗެމްޕިއަން ކަން ފެހުރިރި ޓީމް ކާމިޔާބު ހޯދައިފިއެވެ.

އުރީދޫ މަސް ރޭހުގެ އައްޑޫ އެޑިޝަންގައި 7 ޓީމު ވާދަކުރި އިރު ފެހުރިހި ޗެމްޕިއަންކަން ހޯދީ 220.9 ޕޮއިންޓާ އެކީގައެވެ. ދެވަނަ ޓީމަކީ ޓީމު ހޮނޑެލިއެވެ. އެޓީމުން ވަނީ 141.6 ޕޮއިންޓު ހޯދާފައެވެ. އަދި ތިން ވަނަ ކަމަށްވާ ޓީމް ބަރަކޫޑާ ވަނީ 141.6 ޕްއިންޓު ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ޓީމް ފެހުރިހައިގެ އަޒުލިފާ އަޒީޒަށް ލިބުނު އިރު، އެންމެ މޮޅު ފިރިހެން ކެޔޮޅަކީ ހެޕީ މާކެޓް ޓީމްގެ އިބްރާހީމް އަބްދުﷲ (ޑީޑީ)އެވެ. މުބާރާތުގެ ޗެމްޕިއަންކަން ނެގުމުގެ އިތުރުން ޓީމް ފެހުރިހިން ވަނީ މި މުބާރާތުގެ އެންމެ ބަރު މަސް ބާނައިފައެވެ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައި މި އަހަރުގެ މަސް ރޭސް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށްގެންދާއިރު. މުބާރާތް ފެށީ މާލެއިންނެވެ. މުބާރާތް ނިންމައިލާނީ މި މަހުގެ 25 ގައި ފުވައްމުލަކުންނެވެ.

މި މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ

އުރީދޫން ބުނީ، ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަން ކަމަށެވެ.