ކުރިއަށް އޮންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު އަކީ ސަލަފު ޖަމްއިއްޔާގެ ކެންޑިޑޭޓެއް ކަމަށް ޑިފެންސް މިނިސްޓަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ސިފަކުރައްވައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތް ކަމަށާއި ހުރީ ޕީއެންސީއާއި ސަލަފުގެ ކެންޑިޑޭޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ބޭފުޅުންނަށް ވުރެ ބޮޑަށް، ފެންނަނީ ވަކި ވަކިން ސަލަފު ޖަމިއްޔާގެ ބޭފުޅުން ޑރ. މުއިއްޒު އެންޑޯޒް ކުރައްވާ ތަން ކަމަށް ވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ.
މާރިޔާ ވަނީ ޑރ. މުއިއްޒު އަކީ ޕީޕީއެމްގެ ކެންޑިޑޭޓަށް ނުވެފައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މި އިންތިހާބު ބޮއިކޮޓް ކުރަން އެންގި ނަމަވެސް، އެކަމަށް ޕީޕީއެމް އިން އަމަލުކޮށްފައި ނުވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން މުއިއްޒުގެ މެނިފެސްޓޯއެއް ނެތް ކަން ފާހަގަ ކުރައްވާ މާރިޔާ ވިދާޅުވީ، ޑރ. މުއިއްޒު ކެންޑިޑެސީ ހޯއްދަވައިގެން ނުކުންނެވިއިރު ކަންކަން ކުރައްވާނީ ކިހިނެއްކަން ވެސް ވިސްނާވަޑައިގެންފައި ނެތް ކަމަށެވެ.
އެ ބައްދަލުވުމުގައި މާރިޔާ އިތުރަށް ވިދާޅުވީ، ކެމްޕެއިނަކީ ޑިމޮކްރެޓިކް ޕްރޮސެސްގެ މުހިންމު ބައެއް ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ވެސް މިނިވަން ކަމާއެކު ކެމްޕެއިން ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެއީ ފަސް އަހަރުގެ ދައުރުގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަން އެ މީހުންނަށް ސާފުކޮށްދެވޭނެ ގޮތް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ވޯޓަކީ ސިޔާސީ އެއްޗެއް ނޫން ކަމަށާއި އެއީ ގައުމީ ތަރައްގީގައި ބައިވެރިވުން ކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް އެކަމުގައި ޝާމިލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކަމަށް ހުރަސް އަޅާ ނަމަ ސިފައިންނާއި ފުލުހުންގެ އެހީ ހޯދަން ޖެހޭ ކަމުގައި ވެސް ވިދާޅުވިއެވެ.
ކޮބާމައްސަލައަކީ ސޯލިހަކީ. އަދާލަތުގެ. ކެންޑިޑޭޓެންނު
މާރިޔާ ދައްކާ ވާހަކަ ޤަބޫލުކުރާ މީހުން މިހާރު ވަރައްމަދު. ވަރައްސަލާމް
ރިސޯޓް މުވައްޒަފުން ކޮންމެ ރެއަކުއަންހެނުން ކައިޔަށް ރޭ ކުރަން ދެވޭނޭކިޔަފަ އެމީހުން ހައްލައިގެން ވޯޓް ހޯދީ ދެން ރައްޔިތުން ބޮލަށް ސަވާރެއް ނުވެވޭނެ! ކަލޭމެން ދަސްވެއްޖެ! އެމް އެމް ޕީއަރުސީގެ ހިޔާނާތުގެ ފައިސާގަވެސް ގިނައިން ޖެހިފައިއޮތީ އެމްޑީޕީ އަށް ނިސްބަތްވާ މީހުން!