ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަނުގައި ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ހުރިހާ ހަރަދެއް ހިމެނޭހެން މެލޭޝިއާ އާއި ތައިލޭންޑަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު، އަލަށް ކްރިޑް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިގޮތުން މި ޕްރޮމޯޝަންގެ ދަށުން މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ކްރެޑިޓް ލިމިޓްގެ 80 ޕަސެންޓް ބޭނުންކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް 1،500 ރުފިޔާގެ ކޭޝްބެކް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި އެ މުއްދަތުގެ ކުރިން ބީއެމްއެލް ރިވޯޑްސް އަށް ރަޖިސްޓާ ކުރާ އާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1000 ރިވޯޑް ޕޮއިންޓް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ، އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި މިހާރުވެސް ކްރެޑިޓް ކާޑު ބޭނުން ކުރަމުން ދާ ކަސްޓަމަރުންގެ ތެރެއިން އޮކްޓޯބަރު 31، 2023 ގެ ކުރިން ކްރެޑިޓް ކާޑުން 3000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެެވެ.