ހުޅުމާލެ ދެވަނަ ފިޔަވަހިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އާއިލާއިން ހޯދަމުން ދަނީ ރ. މާކުރަތަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ކުއްޖާ ގެއްލިފައި ވަނީ އިއްޔެ އިރުއޮއްސި 6:00 ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ބޭރަށް ދިޔަ ފަހުންނެވެ.

ފުލުހުން ބުނީ، ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ، އޮގަސްޓް 10 ވަނަ ދުވަހުގެ ރޭ ދަންވަރު 1 ޖަހަން އުޅެނިކޮށް ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލެއިން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި މީހުން ގެއްލިގެން ހޯދާ މައްސަލަ ރިޕޯޓްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.