އއ. އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 72 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި ވަގުތު ސައިޓުގައި ކުރިއަށް ދަނީ ޖެޓީގެ ބީމް އާއި ސްލެބްގެ ޝަޓަރިން، ރިއިންފޯސްމަންޓް އަދި ކާސްޓިންގެ މަސައްކަތްތައް ކަމަށެވެ.

އއ. އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާ 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާ، 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވ.

މީގެ އިތުރުން ކަނެކްޓިވިޓީ ބްރިޖެއް ހެދުމާ، ކޮންކްރީޓް ޖެޓީއެއް ހެދުމާ، އޭޕްރަންއެއް ހެދުމާ އަދި 1,598 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ 40.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އއ.އުކުޅަސް ބަނދަރު ހެދުމާއި ފެރީ ޓާމިނަލް ތޮށި ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ.