ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ކަންކަމަކީ އެއްވެސް ވެރިއެއްގެ "ހެޔޮފުޅު" ކަމުން ކުރައްވާ ކަންތައްތަކެއް ނޫންކަމަށް މާމިގިލީ ދާއިރާގެ މަޖިލީސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މީޑިއާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޓެކްސް ފައިސާ އިން ކުރާ ކަންކަމަކީ ވެރިންގެ ހެޔޮފުޅުކަން ނޫންކަމަށާ، އެއީ ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގަތަސް ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަންތައްތައް ކަމަށެވެ.
މީހެއްގެ ގާބިލުކަން ބެލުމަށް މާޒީގައި އޭނާ ކިހާ ކަންތައްތަކެއް ކޮށްދީފައިވޭތޯ ބަލަން ޖެހޭނެކަން ފާހަގަކުރައްވައި ގާސިމް ވަނީ ދިވެހި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ކަންތައްތަކުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.
މި ގޮތުން ގާސިމް ވިދާޅުވީ ވެރިކަން ނުލިބި، އަމިއްލައަށް ލެއާއި ދާ އޮހޮރުވައިގެން އެއްކުރި ފައިސާއާއި މުދަލުން ނިކަމެތިންނަށް އެހީވެ ދެއްވި ކަމަށެވެ. މިހާރުވެސް ގާސިމްގެ ހަރަދުގައި އެކި ދާއިރާތަކުން ކިޔަވައިގެން ތިބި 7000 އަށް ވުރެ ކުދިން ގައުމަށް ހިދުމަތް ކުރަމުން ދާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު އެކަން ކުރެއްވި އިރު ދިވެހި ސަރުކާރުގެ ހަރަދުގައި އެއްވެސް ކުއްޖަކު ކިޔަވަން ބޭރަށް ނުފޮނުވާ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރައީސް މައުމޫނުގެ ޒައާމަތުގައި އެ މަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު 'އާދޭސް ދަންނަވައިގެން" ދިވެހި ދަރިވަރުންނަށް ފޮތް ފަންސޫރާއި ޖީސީއީ އިމްތިހާނަށް ފައިސާ ދައްކައިދޭ ގޮތް ހައްދަވާފައި ވާނެ ކަމަށެވެ. ދިވެހިންނަށް ބޭސްފަރުވާ ކުރުމުގައިވެސް އެ މަނިކުފާނު ގިނަގުނަ އެހީތެރިކަން ފޯރުކޮށް ދެއްވާފައި ވާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ފަރުވާއަށް ބޭރު ގައުމުތަކުގައި އެތައް އަހަރެއް ހޭދަކުރި މީހުން ވެސް އެބަތިބި ކަމަށާ، ދުވަހަކުވެސް ބަޖެޓު ހުސްވެގެން އެ ހަރަދުތައް ހުއްޓާލައްވާފައި ނުވާކަމަށެވެ.
ގާސިމް އަކީ “ކަލަ” ގޮވުމުގައި ލާމަސީލު މީހެއް.
ޓެކްސް ނުދައްކާ ސޭޓުންނަހްހަދާނެ ގޮތެއްބުނެބަލަ ބޮލުރޮދި
ވެރިކަން ދޭންވީ ޤާސިމަށް، އެވިދާޅުވަނީ ތެދުފުޅެއް.