ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައިގައި އިއްޔެ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ސާމްޕަލް ނަގުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަށް ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ބުނެފައެވެ.

ވިލިގިނލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައި ވާކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައިވެސް ރޭޕްގެ މައްސަލަ އާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އަދި ގެވެށި އަނިޔާގެ މައްސަލަ އިތުރުވަމުން އަންނައިރު މިފަދަ އަމަލުތައް ކުރާ ފަރާތްތައް ބަންދުކޮށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމުގެ ކަންބޮޑުވުންތައް ގިނައެވެ.