ކޮންމެ އަހަރެއްގެ މިނިވަން ދުވަހަކީ ކުލަ ގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. އެ ގޮތުން މިއަދު އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިރޭ ސިފައިން ހުށަހަޅައިދޭ މިއުޒިކަލް ޑިސްޕްލޭގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑިއެފުން ބުނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސިފައިން ހުށަހަޅައިދޭ ހަރަކާްތަތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގައި ސިފައިންގެ ހެވިކަމާއި މިއުޒިކަލް ޑިސްޕްލޭއެއްގެ އިތުރުން، 21 ބަޑީގެ ސަލާމެއް އަރުވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސިފައިން ހުށަހަޅައިދޭ މިއުޒިކަލް ޑިސްޕްލޭގެ ތެެެރެއިން ހަވާގެ ޝޮޓްތަކެއް ވެސް މިރޭގެ 10:30 އާއި 11:00 އާ ދެމެދުގެ ވަގުތެއްގައި ފެންނާނެ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރު އެމްއެންޑީއެފުން ވަނީ މިލިޓަރީ ޕެރޭޑް އަދި ޕްރޮސެޝަން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދަން ނިންމާފައެވެ. މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުން ފަށާ މި ޕެރޭޑް މާލޭގެ ފަސް ސަރަހައްދަކަށް ހުއްޓާނެއެވެ.