ތަފާތު އެކި ކަންކަމާ ގުޅުވައި ޖުމްލަ 150 މައްސަލައެއްގެ ތުހުމަތު އޮތް ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން، ކަފާލާތު ނުލިބޭގޮތަށް ހައްޔަރު ކުރަން އަމުރެއް ނެރެފިއެވެ.
ޕާކިސްތާނުގެ އިލްކްޝަން ކޮމިޝަނުން ނެރުރު އަމުރުގައި ވަނީ މައްސަލައަކާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ހާޒިރުވުމަށް އިމްރާނަށް ދެންނެވި ނަމަވެސް ހާޒިރުވެވަޑައިގެންފައި ނުވުމާއި އިލްކްޝަން ގާނޫނާ ހިލާފުވެވަޑައިގެންފައި ވާ ކަމަށެވެ.
އިކެޝަނުން ނޯޓިސް ފޮނުވީ އިމްރާން ނިސްބަތްވެ ވަޑައިގެނަވާ ތާރީކް އޭ އިންސާފް ޕާޓީގެ ޗެއާމަން [އިމްރާން] ގެ ގެއަށެވެ. އޭގައި ވާގޮތުން މިއަދުގެ ވަގުތެއްގައި އޭނާ އިލެކްޝަނަށް ހާޒިރުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވައެވެ.
އަދި އޭނާ ވަޑައިނުގެންފި ނަމަ ހައްޔަރު ކޮށްގެން ހާޒިރުކޮށްދިނުމަށް ފުލުހުންގެ ވެރިޔާއަށް އިލެކްޝަނުން ވަނީ އަންގާފައެވެ.
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮތް އިމްރާން ވިދާޅުވީ، ޖަލަށް ލައިފާނެތީ ބިރު ނުގަންނަ ކަމަށާއި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މިހާރު އާންމު ޓީވީތަކުން އިމްރާނުގެ ވާހަކަ ގެނައުން ޕާކިސްތާންގެ ސަރުކާރުން މަނާކޮށްފައި އޮތުމުން ސަޕޯޓަރުންނާ އޭނާ މުހާތަބު ކުރައްވަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް މެދުވެރި ކުރައްވައެވެ. އޭނާ ވިދާޅުވީ، ކިތަންމެ ވަރަކަށް ހައްޔަރު ކުރިޔަސް ހެޔޮ ކަމަށާއި އޭނާއާ ދެކޮޅަށް އުފައްދައިގެން އުޅެނީ ތާކުންތާކު ނުޖެހޭ ފޭކް މައްސަލަތަކެއް ކަމަށެވެ.
އިމްރާން ހައްޔަރު ކުރަން އިލެކްޝަނުން އަމުރު ނެރުނު އިރު އެހެން މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ދައުލަތުގެ ބައެއް ސިއްރުތައް އެމެރިކަގެ ވޮޝިންޓަނާ ހިއްސާ ކުރެއްވިކަމަށް ތުހުމަތު ކޮށް ހިންގާ ޖިނާއީ ތަހުގީގަކާ ގުޅޭ މައްސަލައެކެވެ.
އިމްރާން ވަނީ، އޭނާ ހައްޔަރު ނުކުރެވިގެން އެންމެ ބާރަށް އުޅުއްވަނީ އެގައުމުގެ ހޯމް މިނިސްޓަރު ރަނާ ސަނާއުއްލޯ ކަމަށާއި އޭނާގެ ހަރަކާތްތައް ހުރީ "ޖަޖަކީވެސް، ޖަޖުންގެ ޕެނަލަކީވެސް އަދި ޖައްލާދަކީވެސް [މީހުން މަރަން ހަވާލުވެ ހުންނަ މީހާ]" އޭނާ ކަމަށް ދޭހަވާ ގޮތަކަށް ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި މިދިޔަ މެއި މަހުވެސް އިމްރާން ހައްޔަރު ކުރިއެވެ. އެ މައްސަލަގައި އިމްރާންގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ ރޯކޮށް، ހުޅުޖަހާ ބޮޑެތި ހަމަނުޖެހުންތައް ހިންގާ ސަލާމަތީ ބާރުތަކާ ކުރިމަތި ލައިފައި ވާއިރު، މަތީ ކޯޓުން އޭނާ ދޫކޮށްލީ އާންމުންގެ ޕްރެޝަރު ބޮޑުވެ އަމަންއަމާންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ބަލާފައެވެ.
އިމްރާނުގެ ދުވަސް ދުއްވާލުމުގައި ޕާކިސްތާންގެ ބަރުގަދަ އަސްކަރިއްޔާ އަށް ތުހުމަތުތައް ކުރާ އިރު ޕާކިސްތާންގެ ޑިމޮކްރެޓިކް ސަރުކާރުތައް ވައްޓާލުމުގެ ރެކޯޑެއް އަސްކަރިއްޔާގައި އޮވެއެވެ. އިމްރާނަކީ ގިނަބައެއްގެ ތާއީދާއެކު ބޮޑުވަޒީރު ކަން ލިބިވަޑައިގެންނެވި ބޭފުޅެއް ނަމަވެސް ވެރިކަން ވައްޓާލީ މިދިޔަ އަހަރު މަޖިލީހުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައެވެ.