ޗައިނާގެ އުތުރު އިތުމަތީ ބިތުގައި ހުރި ސްކޫލެއްގެ ޖިމްނާސްޓިކް ހޯލުގެ ފުރާޅު ވެއްޓި އަންހެން ވޮލީ ޓީމެއްގެ 11 ކުޅުންތެރިން މަރުވެއްޖެއެވެ.

ހަބަރުަތއް ބުނާގޮތުން ފުރާޅު ވެއްޓުނު އިރު އެތެރޭގައި 19 މީހުން ތިއްބެއެވެ. އޭގެ ތެރެއިން ސަލާމަތްވީ 8 މީހުން ކަމަށާއި އެވަގުތު އެތާ ތިބި ވޮލީ ޓީމަކީ ކުޑަކުދިންގެ ޓީމެއް ކަމަށް ވެސް ބުނެއެވެ.

މި ހާދިސާ އާ ގުޅިގެން އެތަން ހެދި ކޮންޓްރެކްޓަރު ފުލުހުން ހައްޔަރު ކޮށްފައި ވާ އިރު އެތަން ހަދާފައި ހުރީ ވާރޭ ވެހި ފެން އެޅުމުން ފެން ހަރުލާ ބިއްލޫރިއެއް [ފަރުބަދަ ކަނޑައިގެން ހަދާ ބިއްލޫރި] ކަމަށާއި ފެން އެޅި ބަރުވެފައި އޮތް ވަގުތަކާ ދިމާވުމުން ފުރާޅު ވެއްޓުނީއެވެ.

މަރުވި ދަރިވަރުންގެ އާއިލަތަކުން ދަރިން ހޯދުމަށް ކޮޅުކޮޅު މައްޗަށް ދުވާ އިރު އެއްބަޔަކު ވަނީ އެސަރަހައްދުގައި ހުންނަ ހޮސްޕިޓަލެއްގެ ދޮށަށް އެއްވެފައެވެ. ބައެއް ބެލެނިވެރިން ބުނީ، އެމީހުންގެ ދަރިން މަރުވެއްޖެ ކަމަށް ވޮލީ ޓީމުގެ އޮފިޝަލުން ބުނާ ކަމަށާއި ނަމަވެސް ދަރިންގެ ހަށިގަނޑު ނުދައްކާ ކަމަށެވެ.

"ހޮސްޕިޓަލަށް ގެންދިޔަ ހުރިހާ ކުދިން ތިބީ ލެޔާއި ޗަކައިން ތަތްތެޅިފައި، މޫނުމަތީގައި ފޮތި އަޅާފަ، ކިހިނެ އެނގެނީ އެއީ އަހަރެންގެ ދަރިފުޅު ކަމެއް، ހޮސްޕިޓަލަކުންވެސް ރަނގަޅު މައުލޫމާތެއް ދެނީކީ ނޫން، ދަރިންގެ މޫނު ދައްކަނީ ކީ ނޫން"
ބެލެނިވެރިއެއް

ކޮންސްޓްރަކްޝަން ދާއިރާގައި އެކްސިޑެންޓްތައް ހިންގުމަކީ ޗައިނާގައި އާންމު ކަމެކެވެ. ކޮންމެ އެފަދަ ހާދިސާއެއްގައި އޮފިޝަލުން ބުނާ އެއްވާހަކައަކީ އިމާރާތް ކުރުމާ ގުޅޭ ގޮތުން ހަދާފައި އޮންނަ ގަވައިދުތަކާ ހިލާފުވެފައި ހުންނަ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ރަނގަޅަށް ނާޅާ ހުންނަ ކަމަށެވެ.

މިދިޔަ ޖޫންމަހު ބާބަކިއު ރެސްޓޯރަންޓެއްގައި ހުންނަ ގޭހުގެ ނިޒާމުން ލީކެއް ވެ ހިނގި ހާދިސާއެއްގައި 31 މީހަކު މަރުވެފައި ވެއެވެ. ހަމަ އެފަދަ އެހެން ހާދިސާއެއްގައި ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މިދިޔަ އޭޕްރީލްގައި ވަނީ 29 މީހުން މަރުވެފައެވެ.