މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކު ފިހިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މިއަދު ހެނދުނު ހިނގި އަލިފާނުގެ މި ހާދިސާ ހިނގާފައި ވާ ކަމަށް ލަފާ ކުރެވެނީ ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯކުރުމުން ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެ އުންދުން ރޯކުރި މީހާއަށް ކަމަށާއި އެމީހާގެ މޫނު ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަނިޔިާ ލިބިފައި ވަނީ އަންހެނަކަށެވެ. އަދި އެމީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިހާދިސާ ހިނގާފައި ވަނީ މ. ދިއްލީވިލާގައެވެ. އެގޭގައި ހިންި މި އަލިފާނުގެ ހާދިސާގައި ގެއަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.