ތ. ތިމަރަފުށި ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ އިންޑިއާ ނަރުހަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ތިމަރަފުށި ސިއްހީ މަރުކަޒުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ، ތިމަރަފުށީގައި ބިދޭސީ އަންހެނަކު ދިރިއުޅޭ ގެއަކަށް ރޭ ދަންވަރުގެ ވަގުތެއްގައި މީހަކު ވަދެ، ޖިންސީ ގޯނާކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ނުވަތަ ނޫންކަން ހާމަކޮށްފައި ނުވި ނަމަވެސް، މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ހާދިސާ އެއް ހިނގައިގެން އުޅޭ ކަމަށް ތިމަރަފުށީގެ ސިއްހީ މަރުކަޒުގެ ބައެއް އިސްބޭފުޅުން ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެމީހާ ނަރުސް ކައިރިއަށް ވަނީ އޭނާ ނިދާފައި އޮއްވައެވެ. ހޭލެވުނީ ގައިމައްޗަށް އެރުމުން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެ ފިރިހެން މީހާ ހުރީ މޫނުބުރުގާއެއް އަޅައިގެން ކަމަށް ވެސް މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައި ވެއެވެ.