ހއ އަތޮޅުގެ 4 ރަށެއްގައި 350 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހއ. ދިއްދޫ ބިން ހިއްކުމާއި ހއ. ކެލާ ނެރު ފުން ކުރުމާއި ބޭރު ތޮށިލުމާއި ހއ. ތުރާކުނު ބިން ހިއްކުން އަދި ހއ. އުލިމަގު ބަނދަރު ބޮޑު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ.

ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 16,632 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 57,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 36 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 20މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއ،ި 309 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭރުތޮށްޓެއް ލުމާއ،ި ނެރު ބައްތިހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 18 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ތުރާކުނު ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 8.16 ހެކްޓަރުގެ ބިން ހިއްކުމާއި އަދ،ި ހިއްކި ބިމުގެ ގޮނޑުދޮށްހިމާޔަތްކުރުމުގެ ގޮތުން 1,215 މީޓަރުގެ ރިވެޓްމެންޓް ގާއިމްކުރުން ހިމެނެއެވެ. މި މަޝްރޫއަކީ 164 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ދިއްދޫ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 89 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި އާ ބަނދަރު ފުން ކުރުމާއި ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި ސޭންޑް ފިލް ބްރޭކްވޯޓާގެ މަސައްކަތުގެ އިތުރުން 9 މޫރިންގް ބޮއި ހަރުކުރުމާއި 11x11 މީޓަރު ރޭމްޕްލުމާއި 2x25 މީޓަރު ކޮންކްރީޓް ބްރިޖް ހެދުން ހިމެނެއެވެ.

މީގެ އިތުރުން 2x100 މީޓަރު ކޮންކްރީޓް ޖެޓީ ހެދުމާއި 218 މީޓަރު ނެރު ފައިކަށި ޖެހުމާއި 180 މީޓަރު ރިވެޓްމެންޓް ޖެހުމާއި ޖުމުލަ 300 މީޓަރުގެ 6 ވައި ގްރޮއިން ޖެހުމުގެ އިތުރުން 20 ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި 238 މީޓަރު އެއްގަމު ތޮށި ޖެހުމާއި 23 މަގު ބައްތި ޖެހުމާއި 4 ނެރު ބައްތި ޖެހުން އަދި 1900 އަކަމީޓަރު ޕޭވްމެންޓް ޖެހުމާއި އެކްސެސް ޕްލެޓްފޯމް ހެދުން އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މި މަޝްރޫއަކީ 79 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.