މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝައްމޫން ޖަލީލް (ލޫކަސް) މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލޫކަސް އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ، އޭނާ ސަރުކާރުގައި އަދާކުރަމުންދާ ސިޔާސީ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ތަޖުރިބާއެއްކަން ފާހަގަކޮށް އަބަދުވެސް އޭނާއާ މެދު ބަހައްޓަވާ ގާތްތަކަމަށް ލޫކަސް ވަނީ ރައީސް އިބްރާހިމްއަށް ޝުކުރު އަދާކުރައްވާފައެވެ.

ލޫކަސް ސަރުކާރުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހެދި ކަމެއް ސިޓީއަކު ނެތެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ލޫކަސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ފަރާތެކެވެ. ލޫކަސް އިސްތިއުފާ ދެއްވާފައިވާއިރު "ދަ ޑިމޮކްރެޓްސް" އަށް ނަޝީދު މިރޭ ސޮއިކުރައްވަން އޮތީ ހަމަޖެހިފައެވެ.