ބޮޑެތި ކަރަންޓް ކޭބަލް ގެންދަން އިންޑިއާގެ ހުލަނގު ސަހަރައްދެއް ކަމަށް ވާ މަލަދުގައި އޮތް 6000 ކިލޯ ބަރު 90 ފޫޓުގެ ބްރިޖެއް ވަގަށް ނަގައިފިއެވެ.

މި މައްސަލައިގައި 4 މީހަކު ހައްޔަރު ކޮށްފައި ވާ އިރު މި ބްރިޖަކީ، ދާއިމީ ބްރިޖެއް ހެދުމަށް ބޭނުން ކުރި ވަގުތީ ބްރިޖެއް ކަމަށާއި ބްރިޖް ވަގަށް ނެގީ އެ ބްރިޖް ހެދި ސައިޓުގައި ބާއްވާފައި އޮއްވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ބޮމްބޭގެ ފުލުހުން 4 މީހަކު ހައްޔަރު ކޮށް ތަހުގީގު ފަށާފައި ވާ އިރު ވަގަށް ނެގި ބްރިޖު ވިއްކާލީ ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ ސީސީޓީވީގެ ފްޓޭޖްތައް ބެލުމުން މާސިންގާ ވެހިކަލެއް އެ ބްރިޖް އޮތް ދިމާލަށް ދުއްވާތަން ފެނިފައި ވާ ކަމަށާއި އޭގެ ނަންބަރު ޕްލޭޓް ބަލައިގެން ހޯދާ ބެލި އިރު އޭގައި ގޭސްކަޓަރާ އެއްޗެއްހި ހުރިކަމަށެވެ. އަދި އެއީ 90 ފޫޓުގެ އެ ބްރިޖް ކޮށާ ކުދިކުރަން ބޭނުން ކުރި މެޝިނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހާރު ވަނީ ބްރިޖްގެ ބައިތައް ހޯދާފައެވެ.