އެމެރިކާގެ ދިފާއީ ވަޒީރު އެންތަނީ ބްލިންކަަން ޗައިނާ އަށް ކުރައްވާ ދަތުރެއްގައި ފުރާވަޑައިގެންފިއެވެ. މިމަހުގެ 18 އިން 19 އަށް ތާވަލު ކޮށްފައި ވާ ބައްދަލުވުންތަކަށް ބްލިންކަން ފުރާވަޑައިގެންފައި ވާ އިރު މިއީ އެމެރިކާގެ މިހާރުގެ ސަރުކާގެ ފަރާތުން ޗައިނާއަށް ވަޑައިގަންނަވާ އެންމެ އިސް އޮފިޝަލެވެ.
މުރާސިލުން ބުނާގޮތުގައި، މިހާރުވެސް ނުތަވަސްކަން އުފެދިފައިވާ މި ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތަކަށް ބްލިންކަންގެ މި ދަތުރުންވެސް ލިބޭނެ ހައްލެއް ނެތެވެ. ނަމަވެސް އެއް ކަމެއް ހާސިލުވާނެ ކަމަށާއި އެއީ، ދެގައުމުގެ ގުޅުން އަދިވެސް ކެނޑިގެން ނުދާކަން ކަމަށް ބުނެއެވެ.
މި ދަތުރާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވޮޝިންޓަނުން ބުނެފައި ވަނީ، ޗައިނާ އާއި އެމެރިކާއިން ކަންކަމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ނުތަނަަވަސްވެފައި ވާ މަސްރަހަށް މާ ބޮޑު ފިނިކަމެއް އަންނާނެ ކަމަށް ނުބަލާ ކަމަށެވެ. ބްލިންކަން މި ދަތުރަށް ފެއްޓެވުމުގެ ކުރިން މިދިޔަ އަންނަގާރަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓަރު ގިން ގެންގް އާ އެކު ބޭއްވި ފޯން ކޯލެއްގައި ވެސް، ޗައިނާއިން ބުނެފައި ވަނީ، ޗައިނާގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގެން ނުވާނެ ކަމަށެވެ.
އެހެން ކަމުން ބަލިންކަންގެ މި ދަތުރުގެ އެއް ބޭނުމަކަށް ވާނީ، މިއަހަރުގެ ފަހުކޮޅަށް ތާވަލު ކުރާ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންގް ޕިން ގެ ބައްދަލުވުމަށް މަގު ކޮށުން ކަމަށް މުރާސިލުން ވަނީ ބުނެފައެވެ.
މުރާސިލުން ބުނާ ގޮތުން ޗައިނާ އަށް ގްލޯބަލް ސައުތު [ދެކުނު ބިތުގެ ގައުމުތަކުގެ ގުޅުން] މުހިންމު ވާ އިރު އެމެރިކާއިން މުހިންމު ވަނީ އެގައުމުގެ ބައިެވރިންނެވެ.
އެމެރިކާ އާއި ޗައިނާގެ ގުޅުން އެންމެ ގޯސްވާ އެއް މައްސަލައަކީ ޓައިވާންގެ މައްސަލައެވެ. ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ އެމީހުންގެ މުގައްދަސް ރަށެކެވެ. ޗައިނާ ސަރުކާރާ ވަކިން ވަކި ސަރުކާރެއް ހިންގާ ޓައިވާން މިނިވަން ކުރުމަކީ އެމެރިކާގެ އެއް އަމާޒެވެ. އެ މަގަށް އެމެރިކާއިން ކުރާ މަސައްކަތުގައި ޓައިވާން ކަނޑުއޮޅީގައި ގަވައިދުން ޕެޓްރޯލް ކުރުމާއި އަސްކަރީ މަނަވަރުތައް ބޭއްވުމާއި، ޗައިނާގެ ވަށައިގެން ހުރި ގައުމުތަކުގައި އަސްކަރީ ބޭސް ހަދާ، ބަރުހަތިޔާރު ޖަމާ ކޮށްފައި ވެއެވެ.