މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް، އާންމު ޕާޓީ ތަކާއި އެކި ހަފްލާތަކަށް ހުޅުވާލާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ، މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާ، މަސައްކަތައް ފެށިތާ 4 މަސް ފާއިތުވެފައިވާއިރުު، ކުޑަގިރި އަކީ އާއްމުންގެ މެދުގައި މިހާރުވެސް ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަގުބޫލު ރަށެއް ކަމަށެވެ.
އެގޮތުން އުފަންދުވަހުގެ ޕާޓީތަކާއި، އެކި ކަހަލަ އާއިލީ އެއްވުންތަކަށް ވެސް މިހާރު ކުޑަގިރި ބުކް ކޮށް، އިވެންޓް ސްޕޭސް އެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ފަހި ފުރުސަތު ހުޅޫވާލާފައިވާ ކަމަށާއި މިފަދަ އިވެންޓުތައް ބޭއްވުމަށް އިވެންޓް ޕްރޮޑަކްޝަން އިން ފެށިގެން ގޮސް ސެޓަޕް އާއި، އަދި އިވެންޓަށް ބޭނުންވާ ހުރިހާ ބޮޑެތި ހިދުމަތްތަކެއް ކުޑަގިރި ޓީމުން ފޯރުކޮށްދޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތަށް، އެކަމަށް ބޭނުންވާ ޓްރާސްޕޯޓް ހިދުމަތާއި އެހެނިހެން ހިދުމަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަަމަށްވެއެވެ.
މީގެ އިތުރުންވެސް ފާއިތުވި މަދު ދުވަސްތަކުގައި ބޮޑެތި ކޯޕަރޭޓް އިވެންޓުތަށް ބާއްވާފައިވާ ކަން ފާހަގަކޮށް އާބަންކޯއިން ބުނީ މިވީ 4 މަސް ތެރޭގައި ޖުމްލަ 10 ބޮޑު ކޯޕަރޭޓް އިވެންޓު ކުޑަގިރީގައި ބާއްވާފައިވާ ކަމަށެވެ.
ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި، އާއިލާތަކަށް ހިތްގައުމު މާހައުލެއް ފޯރުކޮށްދިނުން ކަމަށާއި މިހާރުވެސް ު، ހަފްތާ ބަންދުތަކުގައި އައިލާތަކާއި ރަހުމަތްތެރިންގެ ގްރޫޕްތައް ކުޑަގިރީގެ ޓެންޓުތަކާއި އަށިތައް ފުރާލުމުގެ އިތުރުން ޭގަނޑު ގަޑީގެ ބާބަކިއުތަކާއި ބީޗް ޑިނާ ތަކަށް ދާ މީހުންވެސް އިތުރުވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރައްވައިގެން ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އާބަންކޯއިން ބުުންޏެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.
އަށީގެ އަގުތަކަށް ބަލާއިރު ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާއަށެވެ. ބޮޑު އަށްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެއެވެ. މި އަށި ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ދައްކަން ޖެހޭނީ 1200 ރުފިޔާއެވެ.
މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ދަށުންނެވެ.