އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން 44 މެންބަރުންގެ ސޮއި ހަމަވެއްޖެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީން ޕާލިމަންޓްރީ ގްރޫޕުން މި ނިންމުން ނިންމާފައިވާ އިރު، ރޮޒައިނާ ވިދާޅުވީ، މިވީ ކުޑަވަގުތު ކޮޅު ތެރޭގައި ވެސް 44 މެންބަރުންގެ ސޮއި ހަމަވެއްޖެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައެވެ. އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްވީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވި އިރު އެގޮތަށް ފާސްކޮށްފައިވަނީ 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ.
މިއަދު މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ރައީސް އަމަލުކުރައްވާ ގޮތުން ކަމަށާއި މިއީ މެންބަރުންގެ ކަންބޮޑުވުން ހުރި މައްސަލައެެއް ކަމަށާއި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޕީޖީ ގްރޫޕުގެ ނިންމުމަކަށް ވީ ނަޝީދު މަގާމުން ވަކިކުރުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަދި މަޖިލީހުގެ ރައީސް ކަމުގެ މަގާމު ގަބޫލުކުރަން ތައްޔާރަށް ހުންނެވި ކަމަށް އަސްލަމް ވިދާޅުވިއެވެ. ޕާލިމެންޓްރީ ގްރޫޕުން ނިންމާ ނިންމުމަކާ އެއްގޮތަށް ހުންނަވާނެ ކަމަށާއި އެ ނިންމުމަކީ މަޖިލިސް ރައީސްކަން އޭނާއަށް ހަވާލު ކުރުން ކަމުގައި ވާނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.
ރނަޝީދު މަޖުލިސް ރައީކަމުން ވަކިކޮށް އަސްލަމެއް ނޫން ރޮޒޭނާ ރައީސއކަމަށް އެރުވިއަސް ވާނެ ކަމެއް ހަރާމް، އެހެންނޫނަސް މަޖުލިސް މެޖޯރެޓީ ނަގައިގެންވެސް ގައުމަށް ކޮށްދެވުނު ކަމެެއްނެތް ހަމަ ހަޅޭއްލަވަލަވާތިބޒި އިތުރަށއ ކުރިހާވެސް ކަމަކީ ގައުމުގެ ޚަޒާނާ ފެލައިލުން ފަރަންޖީގައުމުތަކަށް ނާޗަރަނގީކުޅެން ދިއުން އަޗާތަޅަން ބޭރު ގައުމުތަކަށް ވަފުދު ވަފުދަށް އުދުހުން.