ރާއްޖޭގެ ސިޔާސީ ލީޑަރުން ރައްޔިތުންނަށް އެއްވުންތަކަށް ގޮވާލައި ހަމަނުޖެހުން ހިންގުމަށްފަހު ތިބެނީ ފިލާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލާގައި ހަދާފައިވާ އިއްތިހާދުން "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި މިރޭ ކާނިވަލުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައި ވާއިރު އެ ޖަލްސާއަށް އަތޮޅު ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އެބަ އަންނަމުންދާ ދަނޑިވަޅެއްގައެވެ.
އިމްރާން ވިދާޅުވީ ސިޔާސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގުމަށް ރައްޔިތުުން ލައްވާ ގޯސް ހައްދާ، މައިދާނުން ފިލައިގެން ދިއުން ކަމަށެވެ. އަދި އެހެންވެ ކުށްވެރިވެ އަބަދު ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށާއި ލީޑަރުން ތިބެނީ ފިލާ ކަމަށް އިމްރާން ވިދާޅުވިއެވެ.
ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް ރައްޔިތަކު މިގޮތަށް ވިޔަ ނުދިނުމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ބެލެވޭ ގޮތުގައި އިމްރާންގެ ބަހުގެ ހަމަލާ އަމާޒުވެފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން ނިންމި ނިންމުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގާސިމް ފާޑުވިދާޅުވެފައިވާއިރު އެ އިއްތިހާދުގައިވެސް އެ ޕާޓީ ތަމްސީލުކުރަން ކެންދޫ ދާއިރާގެ އަލީ ހުސައިން އިސްކޮށް ހަރަކާތްތެރިވެއެވެ. އެހްނަމަވެސް ގާސިމް ވަނީ އެ އިއްތިހާދުން މިރޭ ބާއްވާ ޖަލްސާގައި ޖޭޕީގެ މެންބަރުން ބައިވެރިވެވަޑައިނުގަތުމަށް ގޮވާލައްވާފައވެެ.
ހީނުކުރާތި މޭޑޭގަ އިމްރާނު ފިލިގޮތަށް ފިލާނެ ބައެއް ކަމަށް