ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގު ހުރި އިނާމު ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތާއި ސައިކަލް ހަވާލު ކޮށްފިއެވެ.
ސައިކަލުގެ ނަސީބުވެރި ފަރާތަށް ސައިކަލް ހަވާލު ކޮށްދެއްވީ އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީއެވެ.
ބްރިޖް ވިއުވިންގް ޕެލެޓްފޯމްގައި މިއަދު ބޭއްވި ހާއްސަ ހަފްލާ ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކުން ފެށިއިރު އެ ހަފްލާގައި އިނާމު ހަވާލުކުރުމުގެ އިތުރުން ހަދިޔާ ފޮށީގެ ތީމާއި އެއްގޮތައް ސްޕިން ދަ ވީލް ގޭމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ގޭމުގައި ބައިވެރިވެ އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތު އެސަރަހައްދުގައި ތިބި ފަރާތްތަކަށް ވަނީ ދީފައެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ހާލިދް ވިދާޅުވީ ނިމި ދިޔަ ރަމަޟާން މަހު ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެދުވަހަކުވެސް ހަދިޔާއެއް ދެވުނުކަމީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"ހަދިޔާ ފޮށި" ޕްރޮމޯޝަންއަކީ އުރީދޫ އެޕްމެދުވެރިކޮށް މުޅި ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައިވެއެވެ. އެ ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިފޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ވަނީ ނަސީބުވެރި ކަސްޓަމަރުންނަށް ދީފައެވެ.
ދުވާލަކު އެއްފަހަރު ކުޅެވޭ މި ހާދިޔާ ފޮށި ގޭމު އުރީދޫގެ %75 އަށް ވުރެ ގިނަ ކަސްޓަމަރުން ކުޅެފައިވާކަމަށް އުރީދޫއިން ބުނެއެވެ. މި ގޭމުގައި މުޅި ރަމަޟާން މަހުގެ ތެރޭގައި ބައިވެރިވެފައެވެ. މީގެއިތުރަށް އުރީދޫއިން ބުނީ ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް މެދުނުކެނޑި ތައާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށެވެ.