ދުނިޔޭގެ އެތަން މިތަނުން ގައުމުތަކުވެ އިސްވެރިންނާއި ބޮޑެތި ވަފުދުތައް ޒިޔާރަތް ކުރި އިނގިރޭސި ރަސްގެފާނު ތަހުތަށް ވެޑުވި ރަސްމިއްޔާތުގައި ބައިވެރިވި އަހެއް ކޮންޓްރޯލުން ނައްތާލައިފިއެވެ.
މިހާރު އާންމުވެފައި ވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ރަސްގެފާނު ވެސްޓްމިންސްޓާ އަބީ އަށް ވަޑައިގަންނަ ރަސްމިއްޔާތުގައި ބައިވެރިވާ އަސްވާރުންގެ ތެރެއިން މީހަކު ސަވާރުވެ އިންނަ އަހެއް ކުރިއަށް ދާން ދެކޮޅު ހަދައެވެ. އެއާއެކު ނުރުހުންވެ ފަހަތަހަށް ފަހަތަށް ޖެހެމުން ގޮސް އާންމުންގެ ތެރެއަށް ވަދެއެވެ. އެވަގުތު އެ ރަސްމިއްޔާތު ބެލުމަށްޓަކައި އާންމުންނާއި ގިނަ އަދަދެއްގެ ގާޑުން މަގުގެ އެއްފަރާތުގައި ތިބެއެވެ.
އެ އަސް މައިތިރި ނުވެގެން އުޅުނު އިތު އެ ގާފިލާގެ ކުޑަތަންކޮޅެއް ކުރިން ރަނުން ޖަރީ ކޮށްފައި އޮތް ގާޑިޔާކޮޅުގައި ރަސްގެފާނު ޗާލްސް އާއި ރާނީ ކަމީލާ އިންނެވިއެވެ.
މަގުގެ އަރިމަތީގައި ތިބި މީހުންގެ ތެރެއަށް ވަދެ ބެރިކޭޑްގައި ޖެހި އަސް އަންބުރާލި އިރު ބައެއް މީހުންނަށް އަނިޔާވި ކަމަށް ވެސް ބައެއް ނޫސްތަކުގައި ހަބަރުފަތުރާފައި ވެއެވެ. ނަމަވެސް އެހެން ބައެއް މަސްދަރުތަކުން ބުނީ އެ އަސް މީހުންގެ ތެރެއަށް ވަން ނަމަވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އުމުރުފުޅުން 74 އަހަރުގެ ޗާލްސް ތަހުތަށް ވެޑުވުން އޮތީ އޮއްޔެއެވެ. އޭނާ އަކީ އިންގިރޭސި ރަސްކަމުގެ 40 ވަނަ ރަސްގެފާނެވެ.