އޮސްޓްރެލިއާގެ ކްއީންސްލެންޑްގެ އުތުރުބިތުގެ ސަރަހައްދެއްގައި ރަހުމަތްތެރިންނާއެކު މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާގެ ހަށިގަނޑު އޮތީ ކިނބުލެއްގެ ބަނޑުގައި ކަމަށް ހަބަރު ލިބިއްޖެއެވެ.

އުމުރުން 65 އަހަރުގެ ކެވިން ޑާމޮޑީ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނީ، ލޮނު ފެނުގައި އުޅޭ ކިނބޫ ފެންނަ ކަމަށް މަޝްހޫރު ކެނެޑީސް ބެންޑުންނެވެ. އެ ސަރަހައްދުން އޭނާ ގެއްލުމާއެކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދެދުވަސް ފަހުން ފުލުހުންނަށް ހަށިގަނޑު ފެނުނީ އެ މައްސަލައިގެ ތެރެއިން ފުލުހުން މަރާލި މާ ސިންގާ 2 ކިނބުލެއްގެ ތެރެއިން 1 ކިނބުލުގެ ބަނޑުންނެވެ. މަރާލި 2 ކިނބުލަކީ 13.4 ފޫޓު ހުންނަ ވަރުގެ ބޮޑު 2 ކިނބުލެވެ.

ޑާމޮޑީ އަކީ ތަޖުރިބަކަރު މަސްވެރިއެއް ކަމަށާއި މަސްވެރިން ހިމެނޭ ޖަމާއަތް ކޭޕް ޔޯކްގެ މެންބަރެއްވެސް މެއެވެ.

މި ހާދިސާގައި ޑާމޮޑީ އާއެކު މަހަށް ނިކުމެ އުޅުނު އެހެން މީހުނަށް އޭނާގެ ގައިގާ ކިނބޫ ހިފާތަން ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ހަޅޭކުގެ އަޑު އެކުވެރިންނަށް އިވުނު ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ޑާމޮޑީ އަކީ 1985ގެ ފަހުން ކްެއީންސްލޭންޑްގެ އެ ސަރަހައްދުގައި ކިނބުލުގެ ޝިކާރައަކަށް ވި 13 ވަނަ މީހާއެވެ. އޭގެ ކުރީގެ ރެކޯޑްތައް ނުބަލަހައްޓާތީ ކުރިން ހިނގާފައި ހުރި މަރުތަކުގެ ތަފްސީލެއް ނެތެވެ.

ކިނބުލަކީ އޮސްޓްރޭލިއާގައި ވަރަށް އާންމު އެއްޗަކަށް ވާއިރު ކްއީންސްލޭންޑްގެ ހިންޗިންބްރޫކްގައި 2021 ވަނަ އަހަރުވެސް މިފަދަ ހާދިސާއެއްގައި މީހަކު މަރުވެފައި ވެއެވެ. އަދި ކިނބޫ ހަމަލާ ދިނުމުގެ ހާދިސާތައް 201 އަދި 2017 ގައިވެސް ހިނގައިވާ ކަމަށް ރިކޯޑްތަކުން ދައްކައެވެ.