މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ކަމަށް ތިން މީހަކު އިންތިހާބު ކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގައި އާންމު މެންބަރުންގެ ގޮތުގައި ދެ މެންބަރެއްގެ އިތުރުން މީޑިއާ ތަމްސީލް ކުރުމަށް އެއް މެންބަރަކު ވަނީ އިންތިހާބު ކޮށްފައެވެ. މީޑިއާތައް ތަމްސީލް ކުރުމަށް އިންތިހާބުގައި ވާދަކުރި ދެ މެންބަރުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރީ، ހަބަރު އޮންލައިންގެ ފަރާތުން ވާދަ ކުރި ކެނޑިޑޭޓް، އަލީ އާދަމްއެވެ. އަލީ އާދަމް އަށް 64 މީޑިއާ އަކުން ވަނީ ވޯޓު ދީފައެވެ.

އާންމުންގެ ތެރެއިން މީޑިއާ ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރީ ފ. ބިލެތްދޫ، ބަސީރީ ހިޔާ، ޖައިލަމް ތައުފީގާއި ފ. ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލެވެ. ޖައިލަމް އަށް 49 ވޯޓު ލިބިފައިވާއިރު އަލީ އިސްމާއީލް އަށް ލިބިފައިވަނީ 43 ވޯޓެވެ.

މިއަދު ބޭއްވި މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ތެރެއިން

މީޑިއާ ކައުންސިލްގެ އިންތިހާބު ބާއްވާފައިވަނީ ދެ މެންބަރަކު މަގާމުން އިސްތިއުފާ ދިނުމުގެ އިތުރުން އެއް މެންބަރެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މިއަދު ކުރިއަށްދިޔަ އިންތިހާބުގައި، ވޯޓުލުމަށް 85 މީޑިއާއަކުން ރަޖީސްޓްރީ ކޮށް 72 މީޑިއާއަކުން ވަނީ ވޯޓުލާފައެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.