ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީގެ ހުރިހާ މުދަލެއް އޭނާގެ މަންމަގެ ނަންމައްޗަށް ބަދަލުކުރުމާ ގުޅިގެން އޭނާއަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް މިކަމާ ދެކޮޅަށްވެސް ބައެއް މީހުންވަނީ ވާހަކަ ދައްކާފައެވެ.
ހަކީމީގެ ހުރިހާ މުދަލެއް އޭނަގެ މަންމަގެ ނަންމައްޗަށް ބަދަލުކޮށްފައި ވަނީ ކުރީގެ އަނބިމީހާ ހިބާ އަބޫކު އަށް 'ލަނޑު' ދިނުމަށް ކަމަވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން ހިބާވެސް ވަނީ ހަކީމީއަށް ވަރަށް ބޮޑަށް ފާޑުކިޔާ ބަޔާނެއްވެސް ނެރެފައެވެ.
ހަކީމީއަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު، އެންމެ ފަހުން އޭނާގެ މަންމަ ފާތިމާ މި ވަނީ ހަކީމީގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. މި ގޮތުން ހަކީމީގެ މަންމަވަނީ އޭނާގެ ދަރިފުޅުގެ ހުރިހާ މުދަލެއް އޭނާގެ ނަންމައްޗަށް ބަދަލުކުރިކަން ނޭގޭކަމަށް ބުނެފައެވެ. އަދި އޭނާގެ އަމިއްލަ ދިފާއުގައި އެފަދަ ކަމެއް ކުރިނަމަވެސް އެކަމުގެ މައްސަލައަކީ ކޮބައިތޯ ހަކީމީގެ މަންމަވަނީ ސުވާލު ކޮށްފައެވެ.
މީގެ އިތުރުން ހަކީމީގެ މަންމަ ވަނީ އޭނާގެ ދަރިފުޅު އެގޮތަށް ކަންތައް ނުކުރިނަމަ ހިބާގެ ކިބައިން ދުވަހަކުވެސް ސަލާމަތް ނުވާނެ ކަމަށް ބުނެފައެވެ.
ހަކީމީގެ މައްޗަށް އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ކުރެވުނު ތުހުމަތުތަކާ އެކުއޭނާ ގާތުން ހިބާ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ މިލްކިއްޔާތުން 50 ޕަސެންޓް ހޯދުމަށްވެސް އެދިފައެވެ. ހިބާ ހުށަހެޅި މައްސަލައާއި ގުޅިގެން ކޯޓުން ބެލިބެލުމުގައި ހަކީމީގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތްކަން ވަނީ ހާމަވެފައެވެ. އޭނާގެ މިލްކިއްޔާތުގައި ގެއެއް، ކާރެއް، އަންނައުނެއް އަދި ގަހަނާއެއްވެސް ނެތް އިރު އޭނާއަށް ލިބޭ ހުރިހާ ފައިސާއެއް ޖަމާކޮށްފައި ވަނީ އޭނާގެ މަންމަގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.
ހާކިމީއަށްވުރެ 12 އަހަރު ދޮށީ ހިބާ އާއި އޭނާ ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ 2 އަހަރު ފަހުން 2020 ވަނަ އަހަރުގައެވެ. އަދި މިކައިވެންޏަށް ދެ ކުދިން ވަނި ލިބިފައެވެ.
ހިބާ ކޮބާ ބޮނޑި ބޮވިއްޖެތަ. މޮރޮކޯ މީހުންގެ ވޮލެޓެއް ނުފެޅޭނެ. މަކަރުން