މާލޭ ގެއެއްގައި ހަދާފައިވާ ކެމިކަލް ގުދަނުގެ ތެރޭގައި ހުރި އެއްޗެހި ބޭރުކޮށް އެތަން ހުސްކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގައި ކެމިކަލް ގުދަނެއް ހަދާފައިވާ މައްސަލަ ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނައީ އާންމުންގެ މީހެކެވެ. އަހްމަދު ނައީމް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ހުރީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ކަމަށާއި ގުދަނުގައި ރައްކާކޮށްފައި ހުރީ ކެމިކަލް ކަމަށް އެތަނުގެ މުވައްޒަފުންވެސް ބުނާކަމަށެވެ.
އެކަމާ ގުޅިގެން ސިފައިން އެތަން ބަލާ ފާސްކޮށްފައި ވާއިރު އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އެމްއެންޑީއެފް އިން މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވާއިރު ފުލުހުން ބުނީ އެ ގުދަން ހުސްކޮށް މިހާރު އެގުދަނުގައި ހުރި ތަކެތި ހުޅުމާލެއަށް ބަދަލުކޮށްފައި ވާކަމަށެވެ.
ހުޅުމާލެއަށް އެ ތަކެތި ބަދަލު ކުރި ނަމަވެސް ގުދަން ކުރީ ކޮންތާކުކަން ވަނީ ސާފުވާގޮތް ނުވެފައެވެ.
މާލޭގައި ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކުރުން ވަނީ މަނާކޮށްފައެވެ.
އެކަންކުރި ބަޔަކަށް ފިޔަަޅެއް ނޭޅުނުދޯ؟ އަޑީގައި ބާރުގަދަ ބަޔަކު ތިބީތަ؟