އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ޕޯން ސްޓާ ނުވަތަ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ އެކު ބޭއްވި ގުުޅުންތައް ސިއްރު ކުރަން ފައިސާ ދެއްވި މައްސަލަ ފެންމަތިކޮށް ދައުވާ އުފުލައިފިއެވެ.

އެ ތުހުމަތުތައް ޓްރަމްޕް ދޮގު ކުރެއްވި ނަމަވެސް، މައްސަލަ ބަލާ ފަނަޑިޔާރުންގެ ބެންޗުން ނިންމީ، ސާބިތު ހެކި ހުރި ކަމަށާއި މައްސަލަ ބެލޭނެ ކަމަށެވެ.

އަންނަ އަންގާރަ ދުވަހަކަށް ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައި ވާ އިރު، ޓްރަމްޕް ކޯޓަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ބިޑި ނޭޅުވޭނެ ކަމަށް އޭނާއާ ގުޅުން ހުރި ބައެއް ފަރާތްތަކުން ބުނެއެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުން، ޓްރަމްޕާ ދެކޮޅަށް އޮތީ އެންމެ ދައުވާއެއް ނޫނެވެ. ވިޔަފާރީގައި މަކަރު ހެއްދުމާއި ޖިނާއީ އެކި މައްސަލަތަކާއި، ވެރިކަމުގެ ދެވަނަ ދައުރަކަށޤ ލީ ވޯޓުން ބަލިވެވަޑައިގަތުމުން ގާނޫނު ހަދާ މަޖިލީސް ކެޕިޓޮލް ހިލް އަށް އޭނާގެ އޯޑަރަށް ސަޕޯޓަރުން ވަން މައްސަލަތަކާއެކު ޖުމްލް 30 ދައުވާއެއް ތައްޔާރު ވެފައި އޮތް ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުވާތަކުގެ ސީޣާ ސާފު ނުވާކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ޓްރަމްޕަކީ މިފަހުން އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މިފަދަ ހާދިސާތައް ކުރިމަތިވެވަޑައިގެންފައިވާ ރައީސެވެ. އެނާ އާ ދެކޮޅަށް ދައުވާ އުފުލާފައި ވާ މި ދަނޑިވަޅުގައި އޭނާ ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައި ކެމްޕެއިންވެސް ލޯންޗް ކުރައްވާފައެވެ.