މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އާޒިމްގެ އިސްތިއުފާގެ ސިޓީއާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ދިވެހިރާއްޖެ އަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާކުރާނެ ގޮތް ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިއަކީ ރައީސް ސޯލިހު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑީޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީން އިސްވެއޮވެ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި، އެމަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވިއެވެ.
އާޒިމް ވަނީ ގާސިމާއެކު ވޭތުވެދިޔަ އަހަރު ތަކުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާއާ ދޭތެރޭ ބެހެއްޓެވި ގާތް ކަމަށާއި ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ.
ޖޭޕީއިން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިރު ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ވަކިކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބަށް ޖޭޕީއިން ނިންމި ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފައެވެ.
ތި އާޒިމަކީ ކާންދޭއަރުގާ ދަތްއަޅާމީހަކަށް ނުވޭތޯ ސޯލިހުގެ ފަހަތަށް އުޅުމުން ދެން އެ ހުރިހާ ކަމެއް ފުރިހަމަވީތޯ އެއްވަރުގެ މީހުން ތިތިބީ އާޒިމު ތީކާކުތަ، އާޒިމު ދިއެ އެކޭ ކިއާފަ ގާސިމް ކަހަރުވަކެކޭވެސް ހިތަކަށް ނާރާނެ މިހާރުވެސް ތި ސޯލިހަށްވުރެ ގިނަ މީހުންގެ ތާއީދާ ލޯބި ގާސިމަށް ލިބިފާވޭ، ތިކަހަލަ ކިތަންމެ މުނާފިގެއް އަދިވެސް ފެންނާނެ އެހެނޭ ކިއާފަ މިފަހަރު ވަކި ތި ސޯލިހަކަށް ލާހިކެއްނޫން ތި ކިއާ ރިއާސީ ވޯޓެއް ކާމިޔާބު ކުރާކަށް ، އިންޝާﷲ، ހުރިހާ ނުބައިނުލަފާކަމެއް ކޮށްފަ ކޮން ދެވަނަ ދައުރެއްގެ ވާހަކައެއް މި ދައްކަނީ، ލަދުގަންނަން ނޫނީ މިފަހަރު ކުރިމައްޗެއް ނުލާނެ.