އުމުރުން 21 އަހަރުގެ މުލާޔަމް ސިންގް ޔާދޭވް އާއި އުމުރުން 19 އަހަރުގެ އިގްރާ ޖީވަނީ ބައްދަލުވަނީ އޮންނައިލް އިންނެވެ.

އޮންލައިން ގޭމެއް ކަމަށް ވާ ލުޑޯ ކުޅުމުގެ ތެރެއިން މި ދެމީހުން ބައްދަލުވެ ލޯބީގެ ގޮތުން ގުޅި ކައިވެންޏަކާ ހިސާބަށް ދިޔައެވެ. ދެމީހުން ކައިވެނި ކުރި ނަމަވެސް، އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި އޮންނަ ކޯޅުންގަނޑާ ހުރެ އެކުގައި އުޅުމަކީ ދަތިއުނދަގޫ ކަމަކަށް ވާނޭ ކަން ދެމީހުންނަށް ވެސް އެނގެއެވެ.

1947 އިން ފެށިގެން ދެގަުއމުގެ ދެމެދުގައި އަބަދާ އަބަދު އަރާރުންވުމާއި، ހާއްސަކޮށް ކަޝްމީރުގެ މައްސަލައިގައި ހަނގުރާމަ ކުރަމުން ދާ އިރު ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އުފެދެ ގުޅުމަކީ "ޗެލެންޖެއް" އެވެ.

ކޮންމެއަކަސް މި ދެ ލޯބެރިން ނިންމީ، އެކުގައި އުޅެން ކައިވެނި ކުރާށެވެ. އެގޮތުން ދެމީހުން ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލަށް ދިޔައެވެ. އެތަނުގައި ކައިވެނި ކުރުމަށް ފަހު އިންޑިއާގެ ބެންލަލޫރަށް ގޮށް އެކުގައި އުޅެން ފެށިއެވެ.

ނަމަވެސް އެ ގުޅުމުގައި ސިއްކަ ޖެހުނީ، އިދާރާތަކަށް މިއަހަރުގެ ޖެނުއަރީގައި އެދެމީހުން އަތުޖެހުނު ހިސާބުންނެވެ. އިންޑިއާ އަށް ވަގަށް ވަން ކަމުގެ ތުހުމަތުގައި ޖީވަނީ ހައްޔަރު ކުރި އިރު ޔާދޭވް ހައްޔަރު ކުރީ، ވަގު ލިޔެކިޔުން ތައްޔާތު ކުރުމައި އޮޅުވާލުމާއި މަކަރު ހެދުމުގެ އިތުރުން ސައްހަ ލިޔެކިޔުން ނެތި ބޭރު މީހަކަށް ހިމާޔަތް ދިނުމުގެ ކުށުގައެވެ. ޖީވަނީ އާއި ޔާދޭވް ފުލުހުންނަށް އަތުވީ، އިންޑިއާގައި ހުރި މީހަކު ގިނަ ގިނައިން ވަޓްސްއެޕުން ޕާކިސްތާނަށް ގުޅާކަން ސެކިއުރިޓީ ސަވައިލަންސަށް އެރުމައެކު ހޯދަމުން ދަނިކޮށެވެ. ވަޓްސްއެޕުން ޕާކިސްތާނަށް ގުޅި މީހަކީ ޖީވަނީއެވެ. އޭނާ ގުޅަމުން ދިޔައީ އޭނާގެ މަންމައަށެވެ.

ހުސްވި ހަފްތާގައި ޖީވަނީ ޑީޕޯޓް ކޮށްލައި ޔާދޭވް ޖަލުގައި ބަންދު ކުރިއެވެ.

މިކަމާ ގުޅިގެން ޔާދެވްގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ލިބުނު ހިތާމައާއެކު ބުނެފައި ވަނީ އެ ދެމީހުންގެ ވާހަކަ އަކީ "ލަވް ސްޓޯރީ" އެއް ކަމަށާއި އެމީހުން ގެއަށް ގެންނަން ބޭނުންވާ ކަމަށެވެ.

"އަހަރެމެނަށް އިނގޭ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި އޮންނަ ކޯޅުން، އެހެން ނަމަވެސް އެދެމީހުން ކުރި ހަމަ އެކަނި ކަމަކީ ލޯބިވުން"
ޔަދޭވް ގެ އާއިލާގެ މެންބަރެއް

މިކަމާ ބެންގަލޫރުގެ ފުލުހުންވެސް އެއްބަސްވާ އިރު، ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ބީބީސީ ބުނީ، ފޭކް ޑޮކިއުމެންޓް ތަކެއް ހަދާފައި ވީ ނަމަވެސް އެއީ ހަމަ އާދައިގެ ލަވް ސްޓޯރީއެއް ކަމަށެވެ. ނަމަވެސް އިންޑިއާގައި މިހާރު ކުރިއަށް ދާ ޖީ20 ގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުންތަކާއި އެއިރޯ އިންޑިއާ އެއާ ޝޯ އާ ދިމާކޮށް ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވުމުން، ކޯލްތައް ގަވައިދުން އަޑުއަހައެވެ. ހާއްސަކޮށް އިންޑިއާ އަށް ޝައްކު ކުރެވޭ ގައުމަކަށް ކޯލެއް ދާނަމަ ހާއްސަ ސަމާލުކަމެއް ދީގެން ފާރަލައެވެ.

ކޮވީޑް ލޮކްޑައުންގެ ތެރޭގައި ފެށުނު އެ ލަވްސްޓޯރީ ކައިވެންޏަކުން ގޮށްޖަހައި ޖީވަނީ އިންޑިއާއަށް ގެންދިޔަ މައްސަލަ ޖަލުން ނިމިފައި ވާ އިރު އެދެމީހުންގެ މުސްތަގުބަލާ މެދު ދެން ވާނެ ގޮތެއް ނޭނގެއެވެ.

މިހާދިސާއާ ގުޅިގެން ޔާދޭވްގެ މަންމަ ބުނީ، ޖީވަނީ އަކީ މުސްލިމަކަސް އަދި ޕާކިސްތާން މީހަކަސް މިހާރު އެއީ އޭނާގެ ދަނބިގޮއެ ކަމަށާއި އެ މައްސަލަ ހައްލުކޮށް ދީ، ދެމީހުން އަލުން ގުޅުމުގެ ފުރުސަތު ދެގައުމުގެ ސަރުކާރުން ހޯދައިދޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށެވެ.