މިދިޔަ ނޮވެމްބަރު މަހު މެކްސިކޯގައި ވަނީ ދެ އިންޗީގެ ނިގުލަކާއެކުގައި ކުއްޖަކު އުފަންވެފައެވެ.
މިފަހަރު ބްރެޒިލް އަށް އުފަން ތުއްތު އަންހެން ކުއްޖާ އުފަންވި އިރު ވެސް އޭނާގެ ނިގުލެއް އޮތެވެ. ހަ ސެންޓިމީޓަރު ދިގު މި ނިގޫ ނެގުމަށްޓަކައި ޑޮކްޓަރުން ވަނީ ކުއްޖާ އުފަންވުމާއެކުހެން ސާޖަރީއެއް ކޮށްފައެވެ. ނިގޫ ކަނޑާލުމަށް ފަހު އެތަން ވަނީ އެއްކޮށް ބަންދުކޮށްފައެވެ. މި ކުއްޖާ އުފަންވިއިރު ވެސް ކުއްޖާގެ ގައިގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ސްޕައިނާ ބިފިޑާ ނަމަކަށް ކިޔާ ބައްޔެއް ހުއްޓެވެ. އެއީ ސްޕައިނަލް ކޯޑު އުފެދުމުގައި ދިމާވާ މައްސަލައެކެވެ.
ކުއްޖާ އަށް ބަނޑުބޮޑުއިރު ހެދި ސްކޭން ތަކުން އެއްވެސް މައްސަލައެއް އުޅޭކަމަށް ނުދައްކާ ކަމަށާއި ނިގޫ ސާޖަރީ ހެދުމަށް ފަހު ކުރި ޓެސްޓުތަކުން އިތުރު މައްސަލަ އެއް ހުރިކަމަށް ފާހަގަ ނުވާކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތާނގައި ނިގޫ އަލުން ނުފަޅާނެ ކަމުގެ ޔަގީން ކަން ވެސް ޑަކްޓަރު ވަނީ ދީފައެވެ.
ނިގުލާއެކު ކުދިން ދުނިޔެއަށް އުފަންވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. 2017 ވަނަ އަހަރާއި ހަމައަށް ނިގުލާއެކު އުފަންވި ކުދިންގެ އަދަދަކީ 195 އެވެ. އެ ކުދިންގެ ތެރެއިން އެންމެ ނިގޫ ދިގު ކުއްޖާ ގެ ނިގުލުގައި ހުރީ 20 ސެންޓިމީޓަރެވެ. އެއީ 7.9 އިންޗެވެ.
ނިގޫ ކަނޑާލުން ތިޔައީ މައްސަލައެއް. އެއީ ފަހުން އޭނާ ބޮޑުވެގެން ދަޢުވާ ކޮށް ސަބަބުވެރި ވިސްނުމެއްގެ ދަށުން ޑަކުތަރުން ކުށްވެރިވުން އެކަށީގެން ވާތީ.