ރާައްޖޭގައި ވެސް ވިއްކާ އަދި ރާއްޖޭގެ ބައެއް ސެލޫންތަކުގައި ވެސް ބޭނުން ކުރާ އޮލަޕްލެކްސް ބްރޭންޑްގެ ހެއާކެއާ ޕްރޮޑަކްޓް ލައިގެން ބޮލުގައި ހުރި އިސްތަށިކޮޅު ފައިބާ ބިހި ނެގުމުގެ ހާދިސާތަކެއް ކުރިމަތިވެ އެ ކުންފުންޏާ ދެކޮޅަށް ބަޔަކު ދައުވާ ކޮށްފިއެވެ.
އޮލަޕްލެކްސް ބްރޭންޑްގައި ޝޭމްޕޫ، ކޮންޑިޝަނާ، އަދި ތަފާތު ޓްރީޓްމަންޓް ހިމެނޭ އިރު، އެ ބޭނުން ކުރި މީހުންގެ ތެރެއިން 28 މީގެއްހެ ބޮލުން އިސްތަށިކޮޅު ފައިބާ ހަންފޮޅި ބިހި ނެގުމުގެ ހާދިސާތަކެއް ހިނގި ކަމަށް ބުނެ ދައުވާ އުފުލީ 28 އަންހެނެކެވެ.
2014 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާގައި އުފަންކުރި އެކި ކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ އެތަން މިތާނގައި ވިއްކާ އިރު ގިނައިން ބޭނުން ކުރަނީ ސެލޫންތަކުގައެވެ. ބޮޑު ޗާޖެއްވެސް ނަގާ އޮލަޕްލެކްސް ޓްރީމަންޓްގެ ހިދުމަތް ސެލުންތަކުން ދޭ އިރު، ރާއްޖޭގައި މި ޕްރޮޑަކްޓް ބޭނުން ކޮށްގެން މައްސަލައެއް ދިމާވިކަން އަދި ފެންމަތިވެފައެއް ނުވެއެވެ.
ލަގްޒަރީ ޕްރޮޑަކްޓެއްގެ ގޮތުގައި މަޝްހޫރުވެފައި ވާ އޮލަޕްކެލްސް ބޭނުން ކުރާ ފަންނާނުންގެ ތެރޭގައި ކިމް ކާޑޭޝިއަން އާއި ޑްރޫ ބެރީމޯ ވެސް ހިމެނެއެވެ.
އެ ޕްރޮޑަކްޓާ ދެކޮޅަށް އެމެރިކާގެ ކެލިފޯނިއާގެ ކޯޓަށް މައްސަލަ ހުށަހެޅި މީހުން ބުނެފައި ވަނީ، އިސްތަށިގަނޑު ޑްރައި ވެ ހަރުއަރާ، ގޮއްޖެހި އަދި ފުސްވާ ކަމަށާއި އިސްތަށިތައް ފައިބައިގެން ދާއިރު ހީވަނީ ގަސްކޮށާ އެއްޗަކުން އިސްތަށިތައް ލުހެލާފައި ހުންނަހެން ކަމަށެވެ.
އަދި އެމީހުން ވަނީ ބޮލުން އިސްތަށި ފައިބައިފައި ހުރިތަން ފެންނަ ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ. އެ ފޮޓޯތަކުން ފެނަން ގޮތުން ހީވަނީ ބޮލުގެ ތަންތަންގަނޑުން ހުރި ގޮތަށް އިސްތަށިތައް ފައިބައިފައި ހުރިހެނެވެ.
ދައުވާ ކުރި މީހުން ބަދަލުގައި 75،000 އެމެރިކާ ޑޮލަރު ހޯދަން ހުށަހަޅާފައި ވާއިރު އޮލަޕްލެކްސް އިން ވަނީ އެ ދައުވާ އަށް ޗެލެންޖްކޮށް، އެމީހުން ހަދާފައިވާ ތަހުލީލު ރިޕޯޓްތައް ހިއްސާކޮށް އެފަދަ އެއްވެސް މައްސަލައެއް އެ ޕްރޮޑަކްޓްގައި ނެތް ކަމަށް ބުނެ، އެއީ އަގުވައްޓާލުމުގެ އަމަލެއް ކަމަށް ބުނެފައެވެ. އަދި އެ ޕްރޮޑަކްޓް ބޭނުން ކުރުމުން އިސްތަށި އިތުރަށް ފައިބެ ނުވަތަ ބުރިބުރި ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އަސްލުވެސް މީކަމުދާއެއްޗެއނޫން މީގަ ބޭނުން ކޮއްފަހުންނަ އެއްޗިސް ގޫގުލް ކޮއްލީމަވެސް އެގޭނެ